ads
ހާދިސާގައި މީހުން ސަލާމަތް ކުރުމުގައި ސަލާމަތީ ފަރާތަތަށް ހަރަކާތްތަށް ހަރަކާތްތެރިވަނީ---
ނޭޕާލުގައި ފެންބޮޑުވެ 12 މީހުން މަރުވެ 41 މީހުން ގެއްލިއްޖެ
ނޭޕާލުގައި ހުއްޓާނުލާ ވެހުނު ބޯވާރެއާއެކު ބިންގަނޑު ކަނޑައިގެން ދިޔުމާއި ޗަކަ ފޭބުމުގެ ހާދިސާގައި 12 މީހުން މަރުވެ 41 މީހުން ގެއްލިފައިވާކަމަށް އެ ގައުމުން ބުނެފި އެވެ.

ނޭޕާލްގެ ޑިޒާސްޓާ ރިސްކް ރިޑެކްޝަން ޑީޕާޓްމެންޓްއިން ބުނާގޮތުން އެ ހާދިސާގައި ހަތަރު މީހަކަށް ވަނީ އެކި ވަރުގެ އަނިޔާތަށް ލިބިފައެވެ. އަދި މިހާތަނަށް މީހުން ދިރިއުޅޭ 31 ގެ ވަނީ ނެތިގޮސްފަ އެވެ.

މިމަހުގެ ތިން ވަނަ ދުވަހު އެ ގައުމަށް ހުއްޓާނުލާ ވެހުނު ބޯވާރެޔާއެކު ވަނީ ބިންގަނޑު ކަނޑައިގެން ދިޔުމާއި ޗަކަ ފޭބުމުގެ ހާދިސާތައް ހިނގާފައެވެ. ޑިޒާސްޓަ އޮތޯރިޓީން ބުނީ އެ ހާދިސާގައި 41 މީހެއް ގެއްލި 12 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އިތުރަށްވެސް މީހުން މަރުވެފައިވުން އެކަށީގެންވާކަމަށް އެ އޮތޯރަޓީން ބުނެއެވެ.

އެ ތޯރިޓީން ބުނީ ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކުރަމަުންދާކަމަށެވެ.

your imageނޭޕާލްގެ ފެންބޯޑުވުމުގެ ހާދިސާގައި މިހާތަނަށް މީހުން ދިރިއުޅޭ 31 ގެ ވަނީ ނެތިގޮސްފަ

ފާއިތުވި ދެތިން މަސް ދުވަހުގެ ތެރޭގައި ވެސް މޫސުމީ ވާރޭގެ ސަބަބުން ފެންބޮޑުވުމާއި ގުޅިގެން ނުރައްކާތެރި ހާދިސާތައް ހިނގާފައިވާއިރު މި އަހަރުގެ މިހާތަނަށް އެފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެ ގިނަ ބަޔަކު ވަނީ ގެއްލިފައެވެ. އަދި ނޭޕާލްގެ އެކި ސަރަހައްދުތަކުގައިވާ ގެތައް މިހާދިސާތަކުގައި ހަލާކުވެ ގިނަބަޔަކުވަނީ ހާލުގައި ޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް