ads
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުއިއްޒު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން މައްސަލަ ޕޮލިހަށް!
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

މުއިއްޒުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ކޮމިޓީން ނިންމީ ދިވެހި ދައުލަތުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސާ އެކު ހަދާފައިވާ އެއްބަސްވުން ދައުލަތުން ބާތިލްކުރުމަށްފަހު ބަދަލުގެ ގޮތުގައި 845 މިލިއަން ރުފިޔާ ދިން މައްސަލައިގައި މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވޭތީ އެވެ.

މިމައްސަލައިގައި މުއިއްޒު ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރީޯ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.

މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ނޫމަޑި އެއްބަސްވުމުގެ މައްސަލައިގައި މުއިއްޒު ކޮމިޓީގައި އިތުރުފުޅު ހައްދަވާފައިވާތީ އެމައްސަލަ ޕޮލިހަށް ފޮނުވަން ހުށަހަޅާ ކަމަށެވެ. މި ހުށަހެޅުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ.

މިހުށަހެޅުން ފާސްކުރީ އެވަގުތު ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީއަށް ނޫމަޑި އެއްބަސްވުމުގެ މައްސަލައިގައި މުއިއްޒު ހާޒިރުކުރީ މި އެއްބަސްވުން ބާތިލްކުރި އިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު ކަމަށްވާތީއާއި މިމައްސަލައިގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް މުއިއްޒު ބަޔާން ދެއްވާފައިވާ ކަމަށް ތުހުމަތުކުރުމަށްފަހު އެވެ.

މާލިއްޔަތު ކޮމިޓީއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ނޫމަޑި އެއްބަސްވުމުގެ މައްސަލައިގައި އާބިޓްރޭޝަނަށް އޭނާ ބަޔާނެއް ދެއްވީ ހަގީގަތާ ވާހަކަތަކެއް އޭނާއާ ގުޅޭގޮތުން ބަޔަކު ދައްކާފައިވާތީ ސައްހަ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ ބަޔާން ދީފައިވަނީ ވަކި ބައެއްގެ ދިފާއުގައި އަދި ވަކި ބައެއްގެ މަސްލަހަތުގައި ނޫން ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް