ads
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް--
ދަރަންޏަށް ފައިސާ ނަގައިގެން ކުރީ ކޮންކަމެއްތޯ ސުވާލު އުފައްދަންޖެހޭ: ނިޔާޒް
ރާއްޖޭގެ ދަރަނި ބޮޑުވުމުން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނިޔާޒް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ރައްޔިތުންގެ ބޮލުގައި 74 ބިލިއަން ރުފިޔާގެ ދަރަނި އެޅުވި އިރު އެފައިސާ ދަރަންޏަށް ނަގައިގެން އާންމު ރައްޔިތު މީހާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އައިސްފައިވޭތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އެކަމާއި މެދު ރައްޔިތުންވެސް ސުވާލު އުފައްދަން ޖެހޭކަމަށް ނިޔާޒް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ނިޔާޒް ވަނީ ދަރަންޏަށް ފައިސާ ނަގައިގެން ކުރިކަމަކާއި މެދުވެސް ސުވާލު އުފައްދަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

"އަންނަން އޮތް ޖީލުތަކުގެ ބޮލުގައި މިވަރުގެ ދަރަނި އެޅުވިއިރު އަންނަން އޮތް ޖީލިތަކަށްޓަކައި މިފައިސާއިން ކުރީ ކޮންކަމެއްތޯ ވެސް ސުވާލު އުފައްދަންޖެހޭ." ނިޔާޒްގެ ޓްވީޓްގައިވެ އެވެ.

ނިޔާޒް މިފަދައިން ވިދާޅުވެފައިވާއިރު ފިނޭންސް މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ވަނީ 73.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ރާއްޖޭގެ ދަރަނި ގާތްގަނޑަކަށް 74 ބިލިއަނަށް އެރިއިރު ފުރަތަމަ ކުއާޓާ ނިމުނުއިރު ދަރަނިހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް