ads
މޮނިޓާކުރުމަށްޓަކައި އެ ސަރަހައްދަށް ކައުންސިލްގެ ތިން ބޭފުޅުން ވަޑައިގެންފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅާގެން---ފުޓޯ: ނައިފަރު ކައުންސިލް
ނައިފަރުގައި ހަދާ ހައުސިން ޔުނިޓްގެ މަސައްކަތް އެ ރަށު ކައުންސިލުން މޮނިޓާކޮށްފި
ޅ. ނައިފަރުގައި ހަދާ ހައުސިންގް ޔުނިޓްގެ މަސައްކަތްތައް އެ ރަށު ކައުންސިލުން މޮނިޓާ ކޮށްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލްގެ މެމްބަރު މުހައްމަދު ކަރީމް ވިދާޅުވީ ކައުންސިލުން މިއަދު އެ މަސައްކަތް މޮނިޓާ ކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ ބޭފުޅަކަށް އެ މަސައްކަތް މޮނީޓާ ކުރުމަށް މިދުވަސްވަރު ވަޑައިނުގެންނެވޭތީ ކަމަށެވެ. 

ކައުންސިލްގެ ފަރާތުން ތިން ބޭފުޅަކު އެ ސަރަހައްދަށް ގޮސް މަސައްކަތް ކުރިއަށްދަނީ ރަނގަޅަށްތޯ އާއި ކޮންކްރީޓް އެޅުމުގެ މަސައްކަތް ރާވާފައިވަނީ ކޮންސްޓްރަކްޝަން ގަވާއިދާ އެއްގޮތަށްތޯ ބެލިފައިވާ ކަމަށެވެ. މަސައްކަތް މޮނިޓާކުރުމަށްޓަކައި އެ ސަރަހައްދަށް ކައުންސިލްގެ ތިން ބޭފުޅުން ވަޑައިގެންފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅައިގެންނެވެ.

your imageނައިފަރުގައި ހަދާ ހައުސިންގް ޔުނިޓްގެ މަސައްކަތްތައް އެ ރަށު ކައުންސިލުން މޮނިޓާ ކުރުމުގެ ތެރެއިން---ފުޓޯ: ނައިފަރު ކައުންސިލް

ކަރީމް ވިދާޅުވީ ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން އެ ސަރަހައްދަށް ގޮސްފައިވަނީ ހައުސިން ޔުނިޓް މަސައްކަތް ކުރުމަށް ޓަކައި އާރްސީސީން މާލެ ގެނައި 14 ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް މިދިޔަ މަހު ފަހުކޮޅު ޕޮޒިޓިވް ވެފައިވާތީ ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ. އެމީހާ މިހާރު ހުރީ ވަކިތަނެއްގައި ކަރަންޓީގައި ކަމަށްވެސް ކަރީމް ވިދާޅުވިއެވެ.

"އެ 14 މީހުންކަރަންޓީނުގައި ތިބީ އެތާ އެތެރޭގަ. ފާހާނާވެސް ވަކިން، ކެއުން ބުއިންވެސް ވަކިން ހުންނަނީ. އެ އައި 14 މީހުންތެރޭން ސާމްޕަލް ނެގީ 14 ދުވަސް ވެގެން. ނެގިއިރު ޕޮޒިޓިވްވެގެން އޭނަ މިހާރު ހުންނަނީ ވަކިން ކަރަންޓީން ކޮށްފަ ވަކިތަނެއްގަ."

ބިދޭސީ މީހާ ޕޮޒިޓިވްވެފައި ވަނީ މަލެއިން އައިސް ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްތަކަށް ފަހު ކަމަށް ކައުންސިލުން ބުނެއެވެ. އެހެންވުމުން އެ ސަރަހައްދަކީ އާއްމުންވެސް ވަނުން މަނާ ސަރަހައްދެއް ކަން ކަރީމް ފާހަގަކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް