ads
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ކޮމިޓީ--
އެމްޖޭއޭގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަނީ
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެ ޖަމިއްޔާއިން ފަށައިފި އެވެ.

އެމްޖޭއޭގެ ފުރަތަމަ ހިންގާ ކޮމިޓީގެ ބައްދަލުވުން އިއްޔެ ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ވަނީ އާއްމު މެމްބަރުންނާއި ނޫސްވެރިން، އަސާސީ ގަވައިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައެވެ. އަދި އަސާސީ ގަވައިދުގައި ހިމެނޭ "ޑިމޮކްރަސީއާ ބީރަށްޓެހި" ކަންކަން އުނިކޮށް މެމްބަރުންގެ ހިޔާލުތަކާއި އެކު ޒަމާނީ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އެމްޖޭއޭއިން މައުލޫމާތު ދީފައިވެއެވެ. 

އެމްޖޭއޭގެ ހިންގާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ދާއިމީ ހަތަރު ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައެވެ. އެގޮތުން އެކުލަވާލުމަށް ނިންމާފައިވާ ކޮމިޓީތަކަކީ ފޮރިން ރިލޭޝަންސް ކޮމިޓީ، އެޑްމިން އެންޑް މީޑިއާ ރިލޭޝަންސް ކޮމިޓީ، ރިސާޗް އެންޑް އެޑްވޮކެސީ ކޮމިޓީ އަދި ޕްރޮގްރާމްސް އެންޑް ފަންޑް ރައިޒިން އެވެ. 

"ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ނޫސްވެރިންނަށް ތައުލީމީ، ތަމްރީން ރިސާޗް އަދި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީ މިއަދަށާއި މާދަމާއަށް ތައުލީމީ، ތަހުޒީބީ ނޫސްވެރިންގެ ޖީލެއް އުފެއްދުމެވެ." އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުންވެސް އެމްޖޭއޭއިން ބުނެފައިވަނީ ނޫސްވެރިން އެތިކަލް ނޫސްވެރިކަމަށް އަހުލުވެރިކޮށް ނޫސް އިދާރާތަކުގައި އެތިކަލް ގައިޑްލައިންތަކެއް ހެދުމަށް އެމްޖޭއޭގެ ފަރާތުން ފަންނީ އެހީ ފޯރުކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް