ads
މުދައްރިސުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމް--
އޮންލައިންކޮށް ކިޔަވައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި
ކޮމަންވެލްތު އެޑިޔުކޭޝަނަލް މީޑިއާ ސެންޓާ ފޯ އޭޝިއާ (ކެމްކާ) އާއި ⁦‪ ނެޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން މުދައްރިސުން އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

ކޮމަންވެލްތު އެޑިޔުކޭޝަނަލް މީޑިއާ ސެންޓާ ފޯ އޭޝިއާ އާއި ⁦‪ ނެޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަން އާއި ގުޅިގެން ފެށި އެ ތަމްރީން ޕްރޮގުރާމަކީ ކޮވިޑް-19 އާއި ގުޅިގެން އޮންލައިންކޮށް ކިޔަވައިދޭން ޖެހިފައި ވުމާއިއެކު ސުކޫލްތަކުގެ މުދައްރިސުން އެކަމަށް އަހުލުވެރި ކުރުމުގެ ގޮތުން ފެށި ތަމްރީނު ޕްރޮގްރާމެކެވެ.

މިމަހުގެ އަށަކުން 10 ވަނަ ދުވަހާ ހަމައަށް ޒޫމް މެދުވެރިކޮށް ކުރިއަށްދާ މި ޕްރޮގްރާމްގައި ރާއްޖޭގެ ސްކޫލްތަކާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ 677 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ބަލި ކޮންޓްރޯލް ނުވެ އިތުރަށް ގޯސްވަމުން ދާތީ ސުކޫލްތަށް ބަންދުކޮށް ކިޔަވާދެމުންދަނީ އޮންލައިން ކޮށެވެ. މިކަމަށް ކުދިންނާއި މުދައްރިސުން އަހްލުވެރި ކުރުވުމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިންވެސް ބައެއް ޕްރޮގުރާމްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ސުކޫލްތައް ބަންދުވުމާއިއެކު ކިޔެވުން ނުހުއްޓި ކުރިއަށް ގެންދިއުމަށާއި ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ޗެނަލަތަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް އަދި އިންޓަރެކްޓިވް ސެޝަންތައް އެޑުޔުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްވެސް ސުކޫލްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް