ads
އަންކިތާ އާއި ޝިބާނީ-
އަންކިތާއަށް ފާޑުކިޔުމުން ޝިބާނީއަށް ދިމާކޮށްލައިފި
ބޮލީވުޑުގެ ލަވަކިޔުންތެރިޔާ ޝިބާނީ ޑަންޑެކާރާއި ބަތަލާ، އަންކިތާ ލޮކާންޑޭގެ މެދުގައި ބަހުގެ ހަމަލާތައް މިވަނީ އިތުރުވެފަ އެވެ.

ޝުޝާންތު ސިންގް ރާޖުޕުތުގެ މަރާއެކު އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ އަންނަނީ، ސުޝާންތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާއި އަޑު އުފުލަމުންނެވެ. އަދި އެ ތަހުގީގުތަކުގެ ތެރެއިން ރިއާ ޗަކްރަބޯޓީ ހައްޔަރުކުރިގެން ގޮސްފައިވާއިރު ރިއާގެ އެކުވެރިޔާ، ޝިބާނީ ވަނީ އޭނާ ދޫކޮށްލުމަށް ވެސް ގޮވާލާފަ އެވެ. 

ރިއާ އާދެކޮޅަށް އަންކިތާ ވާހަކަ ދައްކާފައިވަނިކޮށް ޝިބާނީ މިވަނީ އަންކިތާ އުޅެނީ “2 ސެކަންޑް ފޭމް“ ހޯދަން ކަމަށް ބުނެފަ އެވެ. އަދި ސުޝާންތާއެކު އޮތް ގުޅުމަށް ވެސް ފާޑުކިޔެވެ. 

އެއަށް ދިން ރައްދުގައި އަންކިތާ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ އެގޮތަށް ހީވެފައި ވަނީ އޭނާއަކީ ޓީވީ ތަރިއެއް ކަމުންށެވެ.

އެގޮތުން 2004 ވަނަ އަހަރުގެ ތެރޭގައި ފިލްމީ ދާއިރާއަށް ތައާރަފުވީ ޒީޓީވީން ދެއްކި ޝޯއަކުން ކަމަށާއި އެ ޝޯއަށް ފަހު 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތްކުރީ ޕަވިތުރަ ރިޝްތާގައި ކަމަށް ބުންޏެވެ. އަދި އޭނާ މަޝްހޫރުވެގެން ދިޔައީ އެ ޝޯ އިން ކަމަށާއި އޭނާގެ ޝޯތަކަށް ބޮޑު ތަރުހީބެއް ވެސް ލިބުންކަން ފާހަގަކުރި އެވެ.

ޓީވީ ތަރިން ދަށްކޮށްލާ ބައެއް ފަހަރު ތަރިން ވާހަކަ ދައްކާއިރު ޝިބާނީގެ އެވާހަކައާ ގުޅިގެން ވެސް މީހުން އޭނާއަށް ފާޑުކިޔެވެ. އެގޮތުން އެ ވާހަކަ ދައްކާނެ ހައިސިއްޔަތު ނެތް ކަމަށް ބުނެފައިވެ އެވެ.

އަންކިތާގެ ދިފާއުގައި ނިކުތް ތަރިންގެ ތެރޭގައި ހީނާ ހާން  ހިމެނެ އެވެ. ހީނާ ރޭ ކުރި ޓްވިޓެއްގައި ވަނީ އަންކިތާގެ ބުރަ މަސައްކަތުން އޭނާ މިއަދު އައިސް ހުރި ހިސާބަށް އައުމަށް ފަހު “2 ސެކަންޑް ފޭމް“ ބޭނުން ނުވާނެ ކަމަށެވެ.

އަންކިތާއަށް ފާޑުކިޔުމުން ޝިބާނީއަށް އެތައް ބަޔަކު ދިމާކޮށްލިއިރު ޝިބާނީގެ މައުލޫމާތު ހުރި ވިކިޕީޑިއާ ޕޭޖަށް ވެސް ބަޔަކު މީހުން ރޭގެ ވަގުތެއްގައި ބަދަލުތަކެއް ގެނަ އެވެ. އެގޮތުން އޭނާއަކީ ގޯލްޑް ޑިގާއެއް ކަމަށް ބުނެފައިވެ އެވެ. 

ޝިބާނީއަކީ އެކްޓަރު ފަރްހާން އަކްތަރުގެ ލޯބިވެރިޔާ އެވެ.

ރިއާގެ ދިފާއުގައި ޝިބާނީ ސޯޝަލް މީޑިއާގައި ތެދުވެ ސުޝާންތުގެ އާއިލާއަށް ވެސް ފާޑުކިޔާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް