ވަޒީރުކަމުގައި އާއިލާ މީހަކު ހިއްސާވާ ކުންފުންޏަކުން ބިޑެއް ނުކުރޭ: އުމަރު
01 ޑިސެމްބަރ 2019 - 16:04:28
ހޯމް މިނިސްޓަރ ކަމުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރުގައި އޭނާގެ އަންބެއް އަދި ދަރިއެއްގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކުން ހޯމް މިނިސްޓްރީގެ އެއްވެސް ބިޑަކަށް ކުރިމަތިލާފައި ނުވާނޭ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އޭނާގެ އަންބެއް އަދި ދަރިއެއްގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކުން ހޯމް މިނިސްޓްރީގެ އެއްވެސް ބިޑަކަށް ކުރިމަތިލާފައި ނުވާނޭ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
2015 ވަނަ އަހަރު ޓެގް ގަތުމަށް އަމިއްލަ ބަޔަކާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގައިފައިވޭތޯ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު އުމަރު ނަސީރުގެ މައްސަލައެއް ބަލާކަމުގެ އަޑުތަކެއް ފެންމަތިވުމާއި ގުޅިގެން އުމަރު ނަސީރު އޭނާގެ ފޭސް ބުކް ޕޭޖުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެ މައްސަލައަކީ ކުރީ ސަރުކާރުންވެސް ބަލާފަ އޮތް މައްސަލައެއް ކަމަށެވެ.
އެ ބިޑް އެވޯޑް ކުރެވުނީ އިއުލާން ކޮށްގެން އެންމެ ކުޑަ އަގު ހުށަހެޅި ފަރާތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެވޯޑް ކުރުމުގެ ކުރިން އޭސީސީއަށް ލިޔެ ކްލިއަރެންސް ހޯދާފައިވާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އެ އެވޯޑް ކުރެވުނީ އޭނާގެ ކުންފުންޏަކަށް ނޫން ކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ އޭނާގެ އަންބެއް އަދި ދަރިއެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނޫން ކަމަށެވެ.
"މިއީ 'ހުދުވަލުގެ ޓީމު'ގެ ސިޔާސަތުތައް،" އުމަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް