ads
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ތިނަދޫ އަދި ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބަޔަކު ހޯދަނީ
ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގައި ޓާޝަރީ ހޮސްޕިޓަލެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ. 

މި ދެ ޕްރޮޖެކްޓަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހެނީ 2.3 މިލިއަން ރުފިޔާ އެވެ. އަދި ޝަރުތުހަމަވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުންކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. 

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮތީ އަންނަ މަހުގެ 21 ގެ ނިޔަލަށެވެ. 

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. މިއަހަރު މަޖިލިސް ހުޅުވުމަށް ދެއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފަސް ސަރަހަދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފެށިފައިވާކަން ހާމަކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް