ads
ބީއެމްއެލް--- ފޮޓޯ:ސީއެންއެމް
ބޮޑެތި ވިޔަފާރިތަކަށް 522.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ބޮޑެތި ވިޔަފާރިތަކަށް މިހާތަނަށް 522.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން އިގްތިސާދީ ރިލީފް ޕެކޭޖުގެ ދަށުން ރިކަވަރީ ލޯން ސްކީމުގައި ބައިވެރިިވި 367 ފަރާތަކަށް ވަނީ ފައިސާ ދޫކޮށްފަ އެވެ. 

އެ ލޯނަށް އެދި 562 ފަރާތަކުން ހުށަހަޅާފައި ވާއިރު، އެޕްރޫވްކޮށްފައި ވަނީ 397 ލޯނެވެ. ޕްރޮސެސް ކުރުމުގެ މަރުހަލާގައި 17 ފޯމެއް ވާއިރު، 17 ފޯމެއް ވަނީ ރިޖެކްޓު ވެސް ކޮށްފަ އެވެ. 

ރިކަވަރީ ލޯން ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށެވެ. 

އެ ސްކީމަށް އެދި ހުށަހެޅެނީ ރަޖިސްޓްރީކޮށްފައިވާ ރިސޯޓުތައް އަދި ވިޔަފާރިތަކުގެ ތެރެއިން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ވިޔަފާރިތަކަށެވެ. 

ބީއެމްއެލުން ލޯނުތައް ދޫކުރަނީ ރަހުނަކާ ނުލާ ހައެއް އިންސައްތަ އިންޓްރެސްޓް ރޭޓުގައި ގިނަވެގެން ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު އެވެ. އަދި ގްރޭސް ޕީރިއަޑް މުއްދަތުގެ ތެރޭގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ވެސް އަނބުރާ ދައްކާކަށް ނުޖެހެ އެވެ. 

މިއީ ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ ލޯނެކެވެ. 

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ލޯނަށް އެދި ހުށަހަޅާއިރު، ކޮވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ނަމަ، ލޯނު ލިބުމަށް ޝަރުތު ފުރިހަމަ ނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް