ads
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ-- ފޮޓޯ: ރޮއިޓާޒް
އެމެރިކާގެ ޖާސޫސަކު ވެނެޒުއޭލާއިން ހައްޔަރުކޮށްފި
ވެނެޒުއޭލާގެ އެންމެ ބޮޑު ތެޔޮ ކާރުހާނާގެ ސިއްރު މައުލޫމާތު ހޯދަން އުޅުނު އެމެރިކާގެ ޖާސޫސެއް ހައްޔަރުކޮށްފި އެވެ.
Advertisement

އެކަން އިއުލާން ކުރެއްވީ އިއްޔެ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އެވެ. ޓީވީ މެދުވެރިކޮށް ވަގުތުން ދެއްވި ބަޔާނެއްގައި މަޑޫރޯ ވިދާޅުވީ އެމެރިކާގެ ޖާސޫސް ހައްޔަރު ކުރީ ބުރާސްފަތި ދުވަހު ކަމަށެވެ.

އޭނާ ހައްޔަރު ކުރީ ވެނެޒުއޭލާގެ އުތުރު ފެލްކަން ސްޓޭޓުގައި އެމުއޭ އެންޑް ކާޑަން ތެޔޮ ކާރުހާނާއަށް ޖާސޫސް ކުރަމުން ދަނިކޮށެވެ. އެއީ އިރާގުގައި ހުންނަ ސީއައިއޭ ބޭސްތަކުގައި އުޅުނު މެރިން ސިފައިންގެ މީހެކެވެ. 

އޭނާ ހައްޔަރު ކުރިއިރު އަތުގައި ހާއްސަ ހަތިޔާރާއި، ގިނަ އަދަދެއްގެ ފައިސާ އާއި ބައެއް އެހެން ސާމާނު ވެސް ހުރި ކަމަށް ވެއެވެ. 

އެމުއޭ އެންޑް ކާޑަން ކާރުހާނާއިން ދުވާލަކު 971،000 ފީފާ ތެޔޮ އުފައްދަ އެވެ. ނަމަވެސް އެތަނުގެ އުފެއްދުންތެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ޖާސޫސަކު ހައްޔަރު ކުރި ކަމަށް ވެނެޒުއޭލާއިން ބުނި ނަމަވެސް، އެމެރިކާގެ ވައިޓް ހައުސް އަދި ސްޓޭޓް ޑިޕާޓްމަންޓުން ވެސް އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް