އުރުދުންގެ ރެފިއުޖީ ކޭމްޕުތަކުގައި ސީރިއާ ހަނގުރާމައިން ސަލާމަތްވުމަށް ގައުމު ދޫކޮށް ދިޔަ އެތައް ހާސް ބަޔަކު އެބަ ތިއްބެވެ. އެތަނުން ފުރަތަމަ ކޭސްތައް މިދިޔަ ހަފްތާގައި ވަނީ ފެނިފަ އެވެ.
އެގޮތުން މިދިޔަ ހަފްތާގައި ފަސް މީހަކު ޕޮޒިޓިވްވެފައި ވެއެވެ. ޒާތަރީ އަދި އަޒްރަގް ރެފިއުޖީ ކޭމްޕުގައި 120،000 އަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެ އެވެ.
އުރުދުންގައި ހުންނަ އދ.ގެ ރެފިއުޖީ އޭޖެންސީގެ ސަފީރު ޑޮމިނިކް ބާޝް ވަނީ އެ ކޭމްޕުން ޕޮޒިޓިވް ކޭސްތައް ފެނުމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.