އިންޑިއާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުގައިވާ ގޮތުން އެގައުމުގެ ރިކަވަރީ ރޭޓަކީ 77.77 ޕަސަންޓެވެ. އެގޮތުން މި ހިނގާ ސެޕްޓެމްބަރު މަހުގެ ކޮންމެ ދުވަހަކު ވެސް 70،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައި ވެއެވެ.
މިހާރު އެގައުމުގައި ޖުމްލަ 4.75 މިލިއަން މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ. އެގޮތުން އިއްޔެ އެކަނިވެސް 94،372 އިތުރު ކޭސް ފެނުނެވެ.
ތަފާސްހިސާބަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 1،114 މީހުން ވަނީ މަރުވެފަ އެވެ. އެއާއެކު އެ ގައުމުން މަރުވި ޖުމްލަ މީހުން އަދަދު ވަނީ 78،586 އަށް އަރާފަ އެވެ.
ކޮންމެ ދުވަހަކު ވެސް އިންޑިއާއިން ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވަމުން ދާތީ، އެގައުމު ފާހަގަވެފައި ވަނީ ކޮވިޑް-19 ގެ އެންމެ ބޮޑު ހޮޓްސްޕޮޓުގެ ގޮތުގަ އެވެ.