ads
ޑރ. ފައިސަލް
ތުއްތު ތިން ކުއްޖަކަށް ނުރައްކާތެރި ބަލިތަކެއް ޖެހުމުން ޑރ. ފައިސަލްގެ އިރުޝާދެއް
ރާއްޖޭގައި ތުއްތު ތިން ކުއްޖެއްގެ ގައިން ހަކުރު ބަލި އަދި ކެންސަރު ބަލި ފެނުމާއެކު ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް، ބެލެނިވެރިންނަށް އިލްތިމާސްއެެއް ކުރައްވައިފި އެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާއަވަސްއަވަހަށް ފާހާނާއަށް ދިއުމާއި ބޮލާއި ކަނދުރާ އަދި ގައިގައި ރިއްސުން ފަދަ އަލާމާތްތައް ކުޑަކުދިންގެ ގައިން ފެންނަކަމަށެވެ. އަދި އެގޮތަށްވަނީ ގޭގައި ތިބެތިބެ ސްޓްރެސްވާތީ ކަމަށް ވެދާނެ ކަމަށާއި އެހެންނަމަވެސް އެގޮތަށް އެކަން ދިމާވާނަމަ ބައްޔެއް ހުރިތޯ ބަލަން ޑރ. އަށް ދެއްކުމަށް އެދެ އެވެ.

ޑރ. ފައިސަލް ވަނީ ތިން ތުއްތު ކުދިންގެ ތެރެއިން ދެ ކުއްޖެެއްގެ ގައިގައި ހަކުރުބަލި އަދި އަނެއް ކުއްޖާގެ ގައިން ކެންސަރު ބަލި ފެނިފައިވާތީ ސްކްރީނުގައި ހޭދަކުރާ ވަގުތު މަދުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުގައި ސްކޫލްތައްވެސް ބަންދުވެފައި އޮތުމާއިއެކު ކުޑަކުދިންނަށް ގޭގައި ގިނަ ވަގުތު ހޭދަކުރަންޖެހިފައިވާ މިދަނޑިވަޅުގައި ގޭގައި ތިބޭއިރު ކަސްރަތުކުރުން ފަދަ ކަންތައްތަކަށް ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް