ads
އަންކިތާ--
ސުޝާންތުގެ ހަނދާން އާކުރަން އަންކިތާ ގަސް އިންދަނީ
ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭ ދަނީ އޭނާގެ ކުއްލި މަރަށްފަހު އިންސާފް ހޯދައިދިނުމަށްޓަކައި އާއިލާއާއިއެކު އެންމެ ކުރިން ފެށިގެން މިއަދާ ހަމަޔަށްވެސް މަސައްކަތް ކުރަމުންނެވެ.

ސުޝާންތު ދުނިޔޭގައި ހުރެ ކުރަންބޭނުންވި 55 ކަންތަކުގެ ތެރެއިން ނުކުރެވި ހުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ 1000 ގަސް އިންދުމުގެ ހުވަފެން ފުރިހަމަ ކޮށްދިނުމަށްޓަކައި ސުޝާންތުގެ ދައްތަ ވަނީ އޭނައަށް ހެޔޮއެދޭ އަދި ލޯބިވާ އެންމެން މަދުވެގެން އެއް ގަސް އިންދާދިނުމަށް ދާދި ފަހުން ސޯޝަލް މީޑިއާގައި އެދިފައެވެ. އެއާއިއެކު ގިނަ ބަޔަކު ދަނީ ސުޝާންތުގެ ހުވަފެން ފުރިހަމަކޮށްދިނުމަށް ގަސް އިންދުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

އެ ކެމްޕޭންގައިވެސް އެންމެ ކުރީގައި ހުރީ އަންކިތާއެވެ. ސުޝާންތުގެ ދައްތަގެ އެ އެދުމާއިއެކު އަންކިތާ ވަނީ ސުޝާންތުގެ ހަނދާނުގައި ގިނަ އަދަދެއްގެ ގަސް އިންދުމުގެ މަސައްކަތް ފަށާފައެވެ. އަންކިތާގެ ކުއްތާއާއިއެކު ގަސް އިންދަނިކޮށް ނަގާފައިވާ ފޮޮޓޮއެއް ހިއްސާކުރަމުން އޭނަ ބުނެފައި ވަނީ ސުޝާންތުގެ ހަނދާންތައް އާކުރަނީ އެގޮތަށް ކަމަށެވެ. 

your imageއަންކިތާ--

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް