ads
މަނަދޫ---ފުުޓޯ:ރާއްޖެ.އެމްވީ
މަނަދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ކަަށަވަރުކުރަން ރެންޑަމް ސާމްޕަލް ނަންގަންފަށައިފި
ނ. މަނަދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ކަަށަވަރުކުރަން ރެންޑަމް ސާމްޕަލް ނަގަންފަށައިފި އެވެ.

ނ. އަތޮޅު ހޮސްޕިޓަލްއިން ބުނީ އެރަށުން ފެނުނު ޕޮޒިޓިވް ކޭސްއާއި ގުޅިގެން ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ކަށަވަރު ކުރުމަށްޓަކައި ރެންޑަމް 50 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އެ ހޮސްޕިޓަލުން ވަނީ ސަލާމަތާއި ރައްްކާތެރިކަމަށް ސަމާލުކަންދީ ސިއްހީ މާހިރުންދީފައިވާ އިރުޝާދުކަށް ބޯލަނބާއި ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ ރައްޔިތުން އެއްބާރުލުންދިނުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މިވަގުތު އޮތީ މޮނިޓަރިން ގައެވެ. 

މަނަދޫ މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގައި ފުރަބަންދު ކަރަންޓީނުގައި ހުރި މީހަކު މިމަހުގެ 11 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޕީއޭއިން ވަކި އެއްޗެއް އަންގަންދެންނެވެ. މަނަދޫއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަަވަމުން ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީގް ސީއެންއެމްއަށް ވިދަޅުވީ ކަރަންޓީން މުއްދަތު ހަމަވަމުން ނެގި ސާމްޕަލްތަކުން ބައްޔަށް ޕޮޒިިޓިވް ވުމާއިއެކު ކަރަންޓީނުގައި ބަހައްޓާފައިވާ މީހާއަށް އެކަން އަންގަން ބެލިއިރު އެމީހާ ކަރަންޓީނު ކޮށްފައި ހުރި ތަނުގައި ނެތް ކަމަށާއި ފުލުހުންނަށް އޭނާ ފެނިފައިވަނީ ދޯންޏެއްގައި ބަޔަކާއިއެކު ފީނަން ގޮސް އުޅެނިކޮށް ކަމަށެވެ. 

ޝަފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ދަށުން 26 މީހަކު ކަރަންޓީނު ކުރެވިފައިވާ ކަމަށާއި އަދި ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރޭގައި ހައި ރިސްކް ދެމީހަކު ތިބި ނަމަވެސް އެއިން އެއްވެސް މީހެއްގެ ފަރާތުން އަދި މިހާތަނަށް ބަލީގެ އަލާމާތް ފެނިފައި ނުވާ ކަމަށެވެ. 

ޝަފީގް ވިދާޅުވީ މިހާތަނަށް ހެދި ކޮންޓެކްޓް ޓްރޭސިންގައި ރަށުން ބޭރުން އެމީހާއާ ކޮންޓެކްޓުވެފައި ވަނީ ނ. މާފަރުގެ މީހަކާ ކަަމަށެވެ.

މަނަދޫއިން ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީނަށް ލާން ޖެހިފައި ވަނީ ކަރަންޓީން ގައި ބަހައްޓާފައި ވަނިކޮށް ނަތީޖާ ނުލިބެނީސް ބޭރުގައި އުޅުމުގެ ސަބަބުންކަން ޝަފީގް ފާހަގަކުރެއްވި އެވެ.

މަނަދޫއިން މީގެ ކުރިން ވެސް ފުރަބަންދު ކަރަންޓީނުގައި ތިބި ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވެއެވެ.

މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތީ މާލެ ސަރަހައްދުގައި އެކަނި ކަމަށާއި އަތޮޅުތެރޭގައި އަދި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަމަށް ނުބެލެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

މިފަހުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ދަށްވެފައި އޮތުމަށްފަހު އަނެއްކާވެސް ވަނީ އެއަދަދު މައްޗަށް ޖެހިލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް