ads
ލިލީ އެންޓަޕްރައިސެސް އިން ހަދިޔާ ކުރި މާސްކު-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ލިލީގެ ފަރާތުން ސްކޫލްތަކަށް އެއްލައްކަ މާސްކު ހަދިޔާކޮށްފި
ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފި އެވެ.
Advertisement

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިން އެންޑް ޓްރޭޑިންގެ ފަރާތުން ސްކޫލްތަކަށް މާސްކު ހަދީޔާކޮށްފައި ވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ބައްދަލުވުމެއްގައި އެ މާސްކުތައް ހަވާލުކޮށްފައި ވަނީ ލިލީ އެންޓަޕްރައިސަސްގެ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް، ހުސައިން ފައިސަލް އަދި ލިލީ ޝިޕިން އެންޑް ޓްރޭޑިންގެ ޗީފް ބިޒްނަސް ޑިވަލޮޕްމެންޓް އޮފިސާ، މުޙައްމަދު އިމްތިޔާޒެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މާސްކުތަކާއި ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.

ރިޔާޒް ވަނީ މި ދަނޑިވަޅުގައި މިނިސްޓްރީއަށާއި ސްކޫލްތަކަށް ލިލީ އެންޓަޕްރައިސެސް އާއި އެ ކުންފުންޏާ ގުޅުން ހުރި އެހެން ކުންފުނިތަކުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވާފަ އެވެ.    

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލުތައް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ގްރޭޑް 9 އިން މަތީގެ ކުދިންނަށެވެ. ނަމަވެސް މާލޭގައި ބަލި ފެތުރުން އިތުރުވާން ފެށުމުން މާލޭ ސަރަހައްދުގެ ސްކޫލުތައް ބަންދުކޮށް ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ސުކޫލްތައް ބަންދުވުމާއިއެކު ކިޔެވުން ނުހުއްޓި ކުރިއަށް ގެންދިއުމަށާއި ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ޗެނަލަތަކުންނާއި ޔޫޓިއުބް ފަދަ ވަސީލަތްތައް މެދުވެރިކޮށް އަދި އިންޓަރެކްޓިވް ސެޝަންތައް އެޑިޔުޕޭޖާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްވެސް ސުކޫލްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.   

އަތޮޅުތަކުގެ ތެރެއިން ކޮވިޑް ނުފެންނަ ރައްތަކުގައި އަދިވެސް ދަނީ ސްކޫލްތަކުގައި ކިޔަވާދެމުންނެވެ. ކޮވިޑް-19 އަކީ ވައިގެ ޒަރިއްޔާއިންވެސް ފެތުރޭ ބައްޔަށްކަށް ވުމުން ސްކޫލް މާހައުލުގައި ހަރަކާތްތެރިވާ ކުދިންނާއި މުވައްޒަފުންނަށް ވެސް މާސްކް އެޅުމަކީ މަޖްބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް