ads
އަނުޝްކާ އާއި ވިރާޓް--
މަންމައަކަށް ވާތީ ކަރީނާގެ ތައުރީފް އަނުޝްކާއަށް
މަންމައަކަށް ވާން ތައްޔާރަށް ހުރި އަނުޝްކާ ޝަރްމާ މި ވަނީ އޭނާގެ އިހުސާސްތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލާފަ އެވެ.

ބޭބީ ބަމްޕް ދައްކާލުމަށް އިންސްޓަގްރާމްގައި ޕޯސްޓު ކުރި ޕޯސްޓެއްގެ ކެޕްޝަނުގައި އަނުޝްކާ ވަނީ ބަނޑުގައި ދަރިފުޅު އުފެދިގެން އަންނަ ތަޖުރިބާއަކީ މީހާ ހިތްތިރިކޮށްދޭ ތަޖުރިބާއެއް ކަމަށް ބުނެފަ އެވެ. 

އެ ފޮޓޯއާއެކު އަނުޝްކާގެ ފިރިމީހާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ބުނީ އެއް ފޮޓޯއަކުން އޭނާގެ މުޅި ދުނިޔެ ފެންނަނީ ކަމަށެވެ.

ބޮލީވުޑުގެ އެހެން ބައެއް ތަރިން ވެސް ވަނީ އެ ފޮޓޯއަށް ކޮމެންޓުކޮށްފަ އެވެ. އޭގެ ތެރޭގައި މޯނީ ރޯއީ، ޝިލްޕާ ޝެޓީ، މްރުނާލް ތާކޫރް ހިމެނެ އެވެ. 

އެ އެންމެންގެ ތެރެއިން ވެސް ފާހަގަވެފައި ވަނީ ކަރީނާ ކަޕޫރުގެ ކޮމެންޓެވެ. ދެވަނަ ދަރިއަކަށް ބަލިވެ އިން ކަރީނާ ބުނެފައި ވަނީ އަނުޝްކާ އަކީ "ބްރޭވަސްޓް އޮފް ދެމް އޯލް" ކަމަށެވެ.

އަލަތު ދަރިފުޅަށް ބަލިވެ އިންކަން އަނުޝްކާ އާއި ވިރާޓް އިއުލާން ކުރީ މިދިޔަ މަހު އެވެ. އެމީހުން ތިބީ އަންނަ ޖެނުއަރީ މަހު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރަށެވެ. 

ކަރީނާ އާއި އޭނާގެ ފިރިމީހާ ސައިފް އަލީ ހާންގެ ދެވަނަ ދަރިފުޅު ވިހާނެ ކަމަށް ބުނެފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް