ads
އިންޑިއާގައި ކޮވިޑް ކޭސްތައް ފަސް މިލިއަނުން މައްޗަށް
ފަސް މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ދެވަނަ ގައުމަކަށް އިންޑިއާ ވެއްޖެ އެވެ.

ފާއިތުވި 24 ގަޑިއިރު އިންޑިއާއިން ވަނީ ކޮވިޑް-19 އަށް އިތުރު 90،123 މީހަކު ޕޮޒިޓިވް ވެފައިވާކަން ރިޕޯޓްކޮށްފަ އެވެ. މިއާއެކު އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު ވަނީ 5,020,359 އަށް އަރާފައެވެ. 

ސެޕްޓެމްބަރު ހަތަރުވަނަ ދުވަހު އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓީވްވީ މީހުންގެ އަަދަދު ހަތަރު މިލިއަނަށް އެރި ކަމަށް ރިޕޯޓްކުރި އިރު، އިތުރު މިލިއަނެއްހާ މީހުން ޕޮޒިޓީވްވެ ޖުމްލަ އަަދަދު ފަސް މިލިއަނަށް އަރާފައި ވަނީ 11 ދުވަހުގެ ތެރޭގައެވެ. 

މީގެ އިތުރުން އިންޑިއާގައި ފާއިތުވި 24 ގަޑިއިރު 1290 މީހަކު ކޮވިޑް-19 ގައި މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެ އެވެ. މިއާއެކު އިންޑިއާއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމުލަ އަަދަދު ވަނީ 82،066 އަށް އަރާފަ އެވެ. 

ޖުމުލަ އާބާދީގައި 1.35 ބިލިއަން މީހުން ތިބި އިންޑިއާގައި ފާއިތުވި ހަފްތާތަކުގައި އަންނަނީ ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް ރިޕޯޓްކުރަމުންނެވެ. އިންޑިއާގައި އެންމެ ފުރަތަމަ އެއް މިލިއަން މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިންޑިއާއިން ކޮވިޑް ފެނުނުތާ ހަ މަސް ފަހުންނެވެ. 

އިންޑިއާގެ އިތުރުން ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ އެންމެ ގިނަ ކޭސްތައް އެއް ގައުމަކުން ރިޕޯޓްކޮށްފައިވާ އެމެރިކާ އިންނެވެ. އެ ގައުމުގައި މިހާތަނަށް ޖުމުލަ 6,612,789 މީހަކަށް ކޮވިޑް-19 ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް