މަޖިލިސް-- ފޮޓޯ: ސީއެންއެމް
އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
Share
އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ "އިންތިގާލީ އިންސާފުގެ ބިލު" އަކީ ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުންނަށް ލިބުނު އެކިއެކި ގެއްލުންތަކާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދައިދިނުމަށް، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދޭ ގޮތަށް މަޖިލީހަށް ހުށަހެޅި ބިލެކެވެ. 

އެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު، އެ ބިލާ ގު ޅޭގޮތުން ބާއްވާ ޕަބްލިކް ފޯރަމް ބޭއްވުމަށް ނިންމަވާ ތާރީހުގެ ނިޔަލަށް އިތުރު ކުރެއްވުމަށް އެ ކޮމިޓީން ވަނީ ނިންމަވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ބިލަށް އެއްވެސް ހިޔާލެއް ދޭން ބޭނުންވާ ނަމަ ކޮމެޓީއަށް އީމެއިލް ކުރުން އެދޭ ކަމަށެވެ. މީގެ ކުރިން މިބަލާއި ގުޅިގެން އާއްމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ފަހުން އެ ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.

އެ ބިލަކީ އެކެއް ޖަނެއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަން ޖެހޭ ގާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން ހުށައެޅިފައިވާ ބިލެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް