ads
ކިންގް ހަމަދު ޔޫތު އެމްޕަވަމަންޓް އެވޯޑް ދެއްވަނީ--
"ކިންގް ހަމަދު ޔޫތު އެމްޕަވަމަންޓް އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހިންނަށް
"ކިންގް ހަމަދު ޔޫތު އެމްޕަވަމަންޓް އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ "ކިންގް ހަމަދު ޔޫތު އެމްޕަވަމަންޓް އެވޯޑް" އަށް ކުރިމަތުލުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ލިބިފައި ކަމަށާއި އެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން މި އަހަރުގެ އޮކްޓޯބަރު 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އަށް މެއިލް ކުރެއްވުން އެދޭ ކަމަށެވެ. 

މި އަހަރުގެ އެވޯޑް ހާއްސަ ކުރެވިފައި ވަނީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމުގައި ޒުވާނުންނާއި، ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށެވެ. އެގޮތުން އެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލެވިފައިވާ ދާއިރާތަކުގެ ތެރޭގައި: 

  • ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސްޑީޖީސް) ހާސިލްކުރުމަށް އެހީތެރިވެފައިވާ ޒުވާނުންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑް (5 އެވޯޑް)
  • ފަގީރުކަމާއި ބަނޑުހައިހޫނުކަން ނައްތާލުން
  • ޕްރޮސްޕަރިޓީ (ތިޔާގިކަން): ކާމިޔާބު އަދި ފާގަތި ދިރިއުޅުމެއް ކަށަވަރުކުރުމަށް ގުދުރަތީގެ ވެށީގެ މުއްސަނދިކަން.
  • ޕްލެނެޓް (ދުނިޔެ): ދުނިޔޭގެ މޫސުމާއި، ގުދުރަތީ ވަސީލަތްތައް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުން.
  • ޕީސް (އަމާންކަން): މުޖުތަމައުގެ އެންމެހާ ފަރުދުންގެ އަމާންކަމާއި ހަމަހަމަކަން އަދި ސިޔާދަތު ދެމެހެއްޓުން.
  • ޕާޓްނާޝިޕް (ގުޅުން): އެޖެންޑާ 2030 ތަންފީޒުކުރުމަށްޓަކައި ދެމެހެއްޓެނިވި ގުޅުންތައް ވަރުގަދަކުރުން.
  • ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސްޑީޖީސް) ހާސިލްކުރުމުގައި ހަރަކާތްތެރިވާ ޒުވާނުންނަށް އެހީތެރިކަން ފޮރުކޮށްދޭ މަދަނީ ޖަމްއިއްޔާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑް (ތިން އެވޯޑް)
  • އިންސްޓިޓިއުޝަނަލް (ރަސްމީ): ގާނޫނާއި ޤަވާއިދުތައް އެކުލަވާލުމުގައި ޒުވާނުންގެ ހިޔާލާއި ބައިވެރިވުން އިތުރުކުރުން.
  • ފައިނޭންޝިއަލް (މާލީ): ކާމިޔާބުކަމާއެކު އަލަށް ވިޔަފާރި ނުވަތަ އެނޫންވެސް ދާއިރާއަކުން ކުރިއަށްދިޔުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނުވަތަ ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއެކު އެކަމުގެ މަގުފަހިކޮށްދިނުން.
  • ޓެކްނިކަލް (ފަންނީ): ޒުވާނުންގެ ހުނަރު ތަރައްޤީކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

ޔޫތް މިނިސްޓްރީން ބުނީ އެ ދާއިރާތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއިއެކު ކަރިކިއުލަމް ވިޓާ (ސީވީ) އަދި ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލް އެނގޭނެހެން، ހެއްކާއެކު މެއިލް ކުރައްވަން ޖެހޭނެ ކަމަށެވެ. 

އެވޯޑާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަންބަރު 3313912 ،3323860 އަދި 3029405 އާއި ގުޅުމުން ފޯރުކޮށްދެވޭނެ ކަމަށާއި އަދި އެވޯޑާއި ގުޅޭ އިތުރު މައުލޫމާތު ލިންކުން ލިބޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް