ވަންދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއު އެކެވެ.
ރ. ވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން، 870،1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުންކުރުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލުން ހިމެނެއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ 26 އޯގަސްޓް 2019 ގަ އެވެ. އަދި މި ޕްރޮޖެކްޓަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
އެމްޓީސީސީން 47 މަޝްރޫއެއްގެ މަސައްކަތް މިވަގުތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާކަމަށް އެކުންފުނިން މައުލޫމާތުދެ އެވެ.