ads
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމިނިސްޓްރީގެ ޕީއެސް ސޫޖަން--
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މުސާރަ ލިބޭގޮތަށް ސަސްޕެންޑްކޮށްފި
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އާއިޝަތު ސޫޒަން ޙަނީޕްއާ ގުޅޭ ގޮތުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި މައްސަލަތަކާއި ގުޅިގެން އޭނާ ސަސްޕެންޑްކޮށްފި އެވެ.

ސޫޖަން ސަސްޕެންޑްކޮށްފައި މިވަނީ އެ މިނިސްޓްރީގެ 26 މުވައްޒަފަކު ސޮއިކޮށް އޭނާގެ ޝަކުވާތަކެއް މިމަހުގެ 15 ވަނަ ދުވަހު ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާތީ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކެއް ބެލުމަށާއި، ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން އެމިނިސްޓްރީގައި ހިންގި ހާއްސަ
އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން، އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތައް ބަލައި ނިމެންދެން ސޫޒަން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން އޭނާ ސަސްޕެންޑްކުރަނީ މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް މުސާރަ ލިބޭ ގޮތަށް ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ. 

ސޫޒަން ޕީއެސްގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ އަހަރު ޖުލައި މަހު 27 ވަނަ ދުވަހުއެވެ.

އޭނާއާ ގުޅިގެން މުވައްޒަފުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ބޮޑުކަން ފާހަގަކުރެ އެވެ. އަދި ޕީއެސްގެ މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާނުކުރާކަން ވެސް ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް