ads
ޑޮކްޓަރަށް ދެއްކުމަށް ދިޔަ މީހުން ދޯނީގައި--
އަރިއަތޮޅުން ޑޮކްޓަރަށް ދައްކަން ކުޅުދުފުއްޓަށް
ކޮވިޑް-19 އާއެކު ހުރިހާ ހިދުމަތެއް މާލޭ ސަރަހައްދަށް ޖަމާކޮށްފައި އޮތުމުގެ ދަތިވެސް މިދަނީ ފެންނަމުންނެވެ. މާލެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނި، މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު، ލޮކްޑައުންކުރަން ޖެހުނުއިރު އިއްޔެ މިވަނީ ލޮކްޑައުންކުރިތާ ހަ މަސް ދުވަސްވެފަ އެވެ. ސިއްހީ ހިދުމަތަށް ކަމުގައި ވިޔަސް އަދި އެ ނޫން އިތުރު ބޭނުމަކަށް ކަމުގައި ވިޔަސް، މާލެއަށް އަރައި، އަނބުރާ ރަށަށްދާނަމަ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ހަމަކުރަންޖެހޭތީ މާލެ ނޫން ގޮތެއް ރައްޔިތުން ދަނީ ހޯދަމުންނެވެ.
Advertisement

މިހާތަނަށް އައި އެއްވެސް ސަރުކާރަކަށް މާލެ ނޫން ގޮތެއް ހޯދައިދެވިފައި ނުވި ނަމަވެސް ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން މިވަނީ މާލޭ ނޫން ގޮތެއް ހޯދާފަ އެވެ. ކޮވިޑް-19 ގެ ކުރިން ވެސް ރާއްޖޭގެ އެންމެ އުތުރުން ހދ. ކުޅުދުފުއްޓަކީ ސިއްހީ ހިދުމަތް ހޯދުމަށް ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ރަށެކެވެ. އެކަމަކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިތުރަށް ޑިމާންޑް ބޮޑުވެފައި މިވަނީ ކޮވިޑާއެކު މާލެ ބަންދުކުރަން ޖެހުމުންނެވެ. 

އިއްޔެ ހަވީރު ހަތަރެއް ޖަހާއިރު އއ. މަތިވެރިން ފުރައިގެން 118 ބަލި މީހުންނާއެކު ޑޮކްޓަރަށް ދެއްކުމަށް ކުޅުދުއްފުއްޓަށް ފުރި، ބޯޓު މިއަދު ހެނދުނު 8:00 ޖަހަނިކޮށް އެރަށު ފަޅަށް ގާތްކުރީ ވެސް ކޮވިޑާއި ގުޅިގެން ކަރަންޓީނު ނުވެ އަނބުރާ ރަށަށް ދާން ބޭނުންވާތީ އެވެ. އަތޮޅު ހޮސްޕިޓަލުތަކުން ވެސް އެންމެ އެކަށީގެންވާ ގޮތަށް ސިއްހީ ހިދުމަތް ނުލިބޭތީ ރާއްޖޭގެ އެންމެ އުތުރުގައި ހުރި ރީޖަނަލް ހޮސްޕިޓަލާ ހިސާބަށް ދާން ޖެހުނުއިރު އެކަމާއި ގުޅިގެން މަތިވެރީ ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް ސީއެންއެމަށް ވިދާޅުވީ އެހާ ދިގު ދަތުރެއްކޮށް ސިއްހީ ހިދުމަތް ހޯދުމަށް އެ ހޮސްޕިޓަލަށް ދާން ޖެހުނީ މަތިވެރިއާ ކައިރީގައި ހުރި ހޮސްޕިޓަލުތަކަށް ވުރެ ގިނަ ހިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލިބޭތީ ކަމަށެވެ. 

your imageބޭހަށް ކުޅުދުފުއްޓަށް ފުރުން--

އެގޮތުން މަތިވެރީ މީހުން ގޮވައިގެން ބޭހަށް ކުޅުދުފުއްޓަށް ދަތުރުކުރި ދޯނީގައި އެއަތޮޅު ބޮޑުފުޅަދޫގެ 15 މީހަކު ވެސް ދަތުރުކުރިއިރު ބަލި މީހުންގެ ތެރޭގައި ކަށީގެ ބަލިތަކާއި ލޮލާއި ހަމުގެ އިތުރުން ކަރުމަތީގެ ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުން ހިމެނޭކަން ފާހަގަކުރެއްވި އެވެ. 

އާތިފް ވިދާޅުވީ، އެހޮސްޕިޓަލުގައި ހުރި ހަމުގެ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދައިގެން ބަލި މީހުން އައި ނަމަވެސް މިއަދު ޑޮކްޓަރު ބަލިވެގެން މަސައްކަތަށް ނުނިކުންނަ ކަމަށެވެ. އެހެންވެ ޑޮކްޓަރަށް މިއަދު ދެއްކޭގޮތްނުވިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

"އަސްލުގައި އެހާ ދުރުން ދަތުރެއްކޮށްފައި އައިއިރު އަދި މިއަދު ހަމުގެ ޑޮކްޓަރެެއް ނެތިގެން ބައެއް ބަލި މީހުން ނުދެއްކޭ. އޭނާ އިނީ ސަންޑޭގެ އާފްޓަނޫންގަ. އެއީ ވަރަށް ލަސް. އެހެންވީމަ އެޕޮއިންޓަމްންޓް ހައްދައިގެން އައި މީހުންނަށް ވެސް ނުދެއްކުން. ވަރަށް މުހިއްމު ހަމުގެ ދެ ޑޮކްޓަރުން ތިބުން ވެސް،"

ބައެއް ބަލި މީހުންގެ އެޕޮއިންޓްމަންޓްތައް އަންނަ ހޮނިހިރު ދުވަހަށް ހުރުމާއެކު އެކޮޅުގައި އެމީހުން ހޮނިހިރު ދުވަސް ވަންދެން މަޑުކުރާނެ އެވެ. އެގޮތަށް ބައެއް މީހުން ގެސްޓްހައުސްތައް ހިފައިގެން އަނެއް ބަޔަކު އެމީހުންގެ އެކުވެރިންގެ ގާތުގައި ތިބޭނެކަމަށް ވިދާޅުވި އެވެ. 

your imageޑޮކްޓަރަށް ދެއްކުމަށް ކޭއާރުއެޗްގައި--

ދިގު ދަތުރަކަށް ފަހު އެ ހިސާބަށް ޑޮކްޓަރަށް ދައްކަން ދާން ޖެހުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ އަރި އަތޮޅަކީ ދައުލަތަށް އާމްދަނީ އެންމެ ގިނައިން ލިބޭނެ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ރަށަކަށްވާއިރު އެ ހިސާބުގައި ވެސް އެ ފެންވަރުގެ ހޮސްޕިޓަލެއް ހުރުން މުހިއްމު ކަމަށެވެ. ކޮންމެ ފަހަރަކު މާލެއަށް ނޫނީ ކުޅުދުފުއްޓަށް ޑޮކްޓަރަށް ދައްކަން އައުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. 

މިއީ ހަމައެކަނި އއ. އަތޮޅުގެ ކަންބޮޑުވުމެއް ނޫނެވެ. ރަށުން ފަރުވާ ނުލިބުނުތާ، އަމިއްލަ އަތޮޅުން ވެސް ސިއްހީ ހިދުމަތް ނުލިބި މާލޭ ސަރަހައްދަށް ހިދުމަތް ހޯދަން އަންނަން ޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުނުކުރާ ބަޔަކު ނެތެވެ. ރައްޔިތުން ތިބީ މާލޭއަށް ބަރޯސާނުވެ އަމިއްލަ އަތޮޅުން އެ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ ދުވަހަކަށް ކެތްމަދުވެފަ އެވެ. ނަމަވެސް ވެރިކަމަށް އަންނަ މީހުން ބޭނުންވަނީ ރައްޔިތުން ގަނަތަޅުވާށެވެ. 

މާލެ ނޫން ތަނެއް ތަރައްގީ ކުރުމަކީ ވެރިކަމަށް އަންނަ މީހުން ކުރަން ބޭނުންވާކަމަކަން ނުވާ ކަހަލަ އެވެ. ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިންމާފައި ވެރިކަމުން ފައިބައިގެންދާން ޖެހޭއިރު ޒަމާނާ އެއް ފެންވަރަށް އަތޮޅު ތެރޭގެ ރަށެއް ތަރައްގީ ކުރުމަކީ ވެރިކަން ކުރާ މީހާއަށް މާ ބޭނުންތެރިކަމަކަން ނުވާ ކަހަލަ އެވެ. ރައްޔިތުން ހާލުގައި ޖެހޭނެހެން ސަލާން ޖަހަން މަޖުބޫރުވާ ކަހަލަގޮތަކަށް ރާއްޖެ ތަރުތީބު ރައްޔިތުން އިތުރަށް ގަނަތަޅުވަން ބޭނުންވާތީ ބާއްވަ އެވެ. މާލެ ނޫން ތަނެއް ރާއްޖޭގައި ނެތް ފަދަ ގޮތަކަށް ރާއްޖެ ތަރައްގީ ކުރަނީ ރައްޔިތުން ހާޅުގައި ޖައްސައިގެން ސަލާން ޖެހުމުގެ ސަގާފަތް ދެމެހެއްޓުމަށް ބާއްވައެވެ،

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް