ads
އޭޝިއާގެ އެންމެ ރީތި ތަރިންގެ ލިސްޓުގެ ކުރީގައި ލީ މިން ހޯ އާއި ބީޓީއެސް އަދި އެކްސްއޯގެ ތަރިން
އޭޝިއާ ސަރަހައްދުގައި ތިބި އެންމެ ރީތި ތަރިންގެ ލިސްޓުގެ ކުރިން ކޮރެއާގެ ފިލްމީ ތަރި، ލީ މިން ހޯ އާއި މަޝްހޫރު ކޭ-ޕޮޕް ބޭންޑް، ބީޓީއެސް އަދި އެކްސްއޯގެ ތަރިން ހިމެނިއްޖެ އެވެ.

ކޮރެއަން ސީރީޒްތަކާއި ކޭ-ޕޮޕް ބޭންޑްތަކަކީ މިހާރު ދިވެހިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ބޭންޑްތަކެކެވެ. 

ކޮރެއާގެ މަޝްހޫރު މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫހެއްގައި ބުނެފައިވާ ގޮތުން، "ކިންގް ޗޮއިސް ވޯޓިން ޕްލެޓްފޯމު" މެދުވެރިކޮށް ސަޕޯޓަރުން މިވަނީ މިއަހަރު، އޭޝިއާ ސަރަހައްދުގައި ތިބި އެންމެ ރީތި 100 ތަރިން ހޮވާފަ އެވެ. އެގޮތުން 104 މިލިއަން މީހުން އެ ވޯޓުގައި ބައިވެރިވެފައިވާ ކަމަށް ބުނެ އެވެ. 

އެ ލިސްޓުގައި ގިނަ އަދަދެއްގެ ކޭޕޮޕް އާޓިސްޓުންނާއި ކޮރެއާގެ އެކްޓަރުން ހިމެނެ އެވެ. އެކަމަކު ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ޗައިނާގެ އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެއް ކަމަށްވާ ޒިއާއޯ ޖަންގް އެވެ. އަދި ދެވަނައިގައި ވެސް ޗައިނާގެ އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެއް ކަމަށްވާ، ވަންގް ޔިބޫ ހިމެނޭއިރު ތިން ވަނައިގައި ހިމެނެނީ ލީ މިން ހޯ އެވެ. އަދި ހަތަރު ވަނައިގައި އެކްސްއޯގެ ޕާކް ޗަންޔިއޯލް ހިމެނޭއިރު ހަތަރު ވަނައިގައި ހިމެނެނީ ބީޓީއެސްގެ ޖިއޯން ޖަންގްކޫކެވެ. 

އޭގެ އިތުރުން ވެސް ކޮރެއާގެ އެކްޓަރެއް ކަމަށްވާ، ހިއުން ބިން ހިމެނޭއިރު ލަވަކިޔުންތެރިޔާ ކަންގް ޑަނިލް ވެސް ހިމެނެ އެވެ. އަދި ބީޓީއެސްގެ ޕާކް ޖީމިން އާއި އެކްސްއޯގެ އޯސެހުން ވެސް ހިމެނެ އެވެ. އޭގެ އިތުރަށް ވެސް ކޮރެއާގެ ގިނަ ތަރިން އެ ލިސްޓުގައި ހިމެނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް