އެކަން އިއުލާނު ކުރީ ޖޯން އަބްރަހަމްގެ ސޯޝަލް މީޑިއާ ޕޭޖުގައި ފިލްމުގެ މުޅިން އާ ޕޯސްޓަރެއް އާއްމު ކުރަމުންނެވެ. ފިލްމު ނެރޭނެ ކަމަށް ވަނީ މޭ، 12، 2021 ގައެވެ.
ޑިރެކްޓަރު މިލަޕް ޒަވޭރީ ލޮކްޑައުން ތެރޭގައި ސްކްރިޕްޓުގެ މަސައްކަތް ކުރަމުން ދާއިރު، އަންނަ މަހު ޝޫޓިން ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
ނިއު ނޯމަލްގައި ޝޫޓިން ކުރުމަށް ހަމަޖެހިފައި ވަނީ ލަކްނައުގައެވެ. މި ފިލްމުގެ ފުރަތަމަ ބަޔަށް ފޭނުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެހެންކަމުން ފޭނުން ތިބީ ދެވަނަ ބައި ބެލުމަށް ކެތްމަދުވެފަ އެވެ.