ads
ކެންޔާގެ މަޖިލިސް-- ފޮޓޯ: އޭއެފްޕީ
އަންހެން މެމްބަރުން މަދުވުމުން ކެންޔާގެ މަޖިލިސް އުވާލަން ލަފާދީފި
ކެންޔާގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެން މެމްބަރުން މަދުވުމުން މަޖިލިސް އުވާލުމަށް އެގައުމުގެ އިސް ފަނޑިޔާރު ލަފާ ދެއްވާފަ އެވެ.

ކެންޔާގެ ގާނޫނު އަސާސީގައިވާ ގޮތުން އިންތިހާބީ އިދާރާއެއްގައި އެއް ޖިންސެއްގެ މީހުންނަށް ތިންބައި ކުޅަ ދެބަޔަށް ވުރެ ގިނަ މަގާމު ލިބިގެން ނުވާނެ އެވެ. 

ނަމަވެސް މަޖިލީހުގެ ތިރިގޭގައި މި ވަގުތު އަންހެނުންގެ ނިސްބަތަކީ އެންމެ 22 ޕަސެންޓެވެ. އަދި މަތިގޭގައި އެ ނިސްބަތް ހުރީ 31 ޕަސަންޓުގަ އެވެ. 

އެހެންކަމުން އުއްތަމަ ފަނޑިޔާރު ޑޭވިޑް މަރާގާ ސޮއިކުރައްވާ ރައީސް އުހޫރޫ ކެންޔަޓާއަށް ފޮނުއްވި ލަފާފުޅުގައި ވަނީ މަޖިލިސް އުވާލުމަށެވެ. 

އެ ސިޓީގައި ވަނީ އަންހެން މެމްބަރުން އިންތިހާބުވުމަށް ބާރު ލިބޭ ގާނޫނު ހެދުމަށް ފިރިހެން މެމްބަރުން ފެެއިލްވެފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

އެ ލަފާފުޅާ އެއްގޮތަށް ރައީސް އަމަލުކުރަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެކަމަކު އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. 

އިރުމަތީ އެފްރިކާގެ އިތިއޮޕިއާ، ދެކުނު ސޫދާން، ބުރުންޑީ އަދި ރްވާންޑާ ފަދަ ގައުމުތަކާ އަޅާ ބަލާއިރު ކެންޔާގެ މަޖިލީހުގައި އަންހެން މެމްބަރުންގެ ޕަސަންޓޭޖް ކުޑަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް