ހެއިލީ އާއި ޖަސްޓިން
ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ ހެއިލީ ދޮގުކޮށްފި
Share
މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން އަދި އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިނަށް ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ ހެއިލީ ދޮގުކޮށްފިއެވެ.
Advertisement
މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ އަންހެނުން އަދި އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިނަށް ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ ހެއިލީ ދޮގުކޮށްފި އެވެ.

ހެއިލީ ބަނޑުބޮޑު ކަމަށް ދާދި ފަހުން ވަނީ އަޑުތައް އަރާފަ އެވެ. އެކަމާ ގުޅޭގޮތުން ހެއިލީ އެއްޗެކޭ ބުނާނެ އިރެއްގެ އިންތިޒާރުގައި ސަޕޯޓަރުން ތިބިއިރު އެންމެ ފަހުން ހެއިލީ މިވަނީ އެވާހަކައަށް ޖަވާބުދީފަ އެވެ.

އެގޮތުން ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށާއި އޭނާއަށް ކާނާ ވަރަށް ކަމުދާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވެސް ހެއިލީ ބަނޑުބޮޑު ކަމަށް ވަނީ އަޑުތައް އަރާފަ އެވެ. އޭރު އެއަޑުތައް އަރާފައިވަނީ ހެއިލީ އިންސްޓާގުރާމު މެދުވެރިކޮށް އޭނާގެ ކުޑައިރުގެ ފޮޓޯއެއް ހިއްސާކުރުމާ ގުޅިގެންނެވެ. އެގޮތުން އެފޮޓޯ ހިއްސާކޮށް ހެއިލީ ވަނީ 'ހައި ލިޓިލް މީ' އަހަރެންގެ ކުޑަ ވައްތަރު ކަމަށް ވަނީ ބުނެފަ އެވެ. އަދި އެޕޯސްޓަށް ޖަސްޓިން ވަނީ ކޮމެންޓުގައި 'ސޭމް' ހަމައެއްގޮތް ކަމަށް ބުނެފަ އެވެ.

ޖަސްޓިން އެހެން ބުނުމުގެ އެއީ ހެއިލީ ބަނޑުބޮޑު ކަމުގެ ހިންޓެއް ދިނީ ކަމަށް ގިނަ ބަޔަކު އޭރު ދެކުނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައި އުމުރުން 24 އަހަރުގެ ބީބާ އާއި 21 އަހަރުގެ ހެއިލީ އެންގޭޖުވެފައިވާއިރު އެދެމީހުން ކައިވެނި ކޮށްފައިވަނީ މިދޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ގައި ނިއުޔޯކްގެ ކޯޓްހައުސްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް

Warning: Invalid argument supplied for foreach() in /home/forge/new.cnm.mv/public/view.php on line 272