އެ ބޮޑު ރޮބޮޓު ހަދާފައި ވަނީ "މޮބައިލް ސޫޓް ގުންޑަމް" ސީރީޒްގެ ކެރެކްޓާއަކާ ވައްތަރުކޮށެވެ. އެއީ 1970 ގެ އަހަރުތަކުގެ ތެރޭގައި މަގްބޫލުވި އެނިމޭ އެކެވެ.
އެ ރޮބޮޓް ޓެސްޓު ކުރާ މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައި ވާއިރު، އޭތި ކަކޫ މައްޗަށް ތިރިވެގެން އުޅޭ މަންޒަރު ވެސް ބައެއް ވީޑިއޯތަކުން ފެނެ އެވެ.
ގާތްގަނޑަކަށް 60 ފޫޓުގެ އެ ރޮބޮޓް ހެދުމުގެ މަސައްކަތް 2014 ވަނަ އަހަރުނެ ފެށިގެން ކޮށްފައި ވާއިރު، އޭގެ ބަރުދަނުގައި 24 ޓަނު ހުންނަ ކަމަށް ވެއެވެ.
އެ ރޮބޮޓް ބަހައްޓަން ހަމަޖެހިފައި ވަނީ ގުންޑަމް ފެކްޓްރީ ޔޮކޮހާމާ ގައެވެ. އެތަނުގައި ފޭނުންނަށް ކައިރިން ރޮބޮޓް ބަލާލުމުގެ ފުރުސަތު ދޭން ރާވާފައި ވެއެވެ.
މި އަހަރުގެ އޮކްޓޯބަރުގައި ރޮބޮޓް ބަހައްޓަން ހަމަޖެހުނު ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ފޭނުންނަށް އެތަނަށް ޒިޔާރަތް ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ.
އެ ރޮބޮޓް އުފެއްދި ކުންފުނިން އެކަމަށް މައާފަށް އެދި ބުނެފައި ވަނީ އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅެއް ކަމަށާއި އެއް އަހަރު ތެރޭ ފޭނުންނަށް ކައިރިން ރޮބޮޓް ބަލާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.