ads
ފޮޓޯ: ސްކައިނިއުސް
ލަންޑަން ބްރިޖުގައި ދޭންއުޅުނީ ޖާނުން ފިދާވުމުގެ ހަމަލާއެއް: އިނގިރޭސި ފުލުހުން
ލަންޑަން ބްރިޖުގައި މިއަދު ދޭން އުޅުނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށް ލަންޑަން ފުލުހުން ބުނެފި އެވެ.
ލަންޑަން ބްރިޖުގައި މިއަދު ދޭން އުޅުނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށް ލަންޑަން ފުލުހުން ބުނެފި އެވެ.

މިއަދު ލަންޑަނު ގަޑިން 13:16 ހާއިރު ވަނީ ލަންޑަން ބްރިޖްގައި ގިނަ ބަޔަކަށް ވަޅިން ހަމަލާ ދީފައެވެ. އަދި އެހަމަލާގައި ގިނަ ބަޔަކު ޒަހަމްވެފައިވާކަން ލަންޑަން ފުލުހުން ފާހަގަކޮށްފައި ވެއެވެ.

ލަންޑަން ފުލުހުން ބުނެފައިވަނީ، އެސަރަހައްދަށް ގޮސް އެމީހާ ގަޔަށް ބަޑި ޖަހާފައިވާކަމަށެވެ. އަދި ބަޑި ޖަހަން ޖެހުނީ އޭނާ ޖާނުންފިދާވުމުގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރުމުން ކަމަށް ވެސް ލަންޑަން ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އެމީހާ ވަގުތުން މަރުވެފައިވާކަމަށް ވެސް މައުލޫމާތު ދީފައި ވެއެވެ.



ލަންޑަން ބުރިޖުގައި ބަޑިޖަހައި ވަޅިން ހަމަލާދިން ހާދިސާގައި ދިވެއްސަކަށް ހާނިއްކަވީކަމުގެ މައުލޫމާތު ނުލިބޭކަމަށް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެންބަސީންވަނީ ބުނެފައެވެ. ލަންޑަން ބުރިޖާ ދިވެހިން ކައިރިނުވާން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެންބަސީން ވަނީ އެދިފައެވެ.

"އަޅުގަނޑުމެން އެދެނީ ދިވެހިން ލަނޑަން ބުރިޖާއި ގާތް ނުވުމަށް" އެންބަސީން ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ކަނބޮޑުވާ ފަރާތްތަކުން 07851190546 ނަންބަރަށް ގުޅުމަށް ވެސް އެންބަސީން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް