ads
ރ.ކިނޮޅަހުގައި އިމާރާތްކުރާ އާ އިންޖީނުގެ——ފުޓޯ: ފެނަކަ
ކިނޮޅަހާއި ފައިނު އިންޖީނު ގޭގެ މަސައްކަތް ކުރިއަށް
ރ. ކިނޮޅަސް އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫއުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންއިން ބުނީ ރ. ކިނޮޅަސް އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް އިމާރާތް ކުރަމުންދާ އިންޖީނުގޭގެ 40 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

‏އެ މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

your imageރ. ކިނޮޅަސް އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން——ފުޓޯ: ފެނަކަ

މީގެ އިތުރުން އެއަތޮޅު ފައިނު އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް އިމާރާތް ކުރަމުންދާ އިންޖީނުގޭގެ 91 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ

އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި މިހާރު ހުރި އިންޖީނުގެތަކަކީ ރަށު ތެރޭގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިމާރާތަކަށް ވުމުން ރަށުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކާއި ގުޅިގެން ފާޅުކުރަމުންދާ ކަންބޮޑުވުން ތަކަށް ހައްލު ހޯދައި ދިނުމަށް އެ އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެނަކައިންދަނީ އެކި ރަށްރަށުގައި ކުރަމުންނެވެ.

ބައެއް ރަށްރަށުގައި މިހާރު ބޭނުންކުރެވޭ ކަރަންޓުގެ ނިޒާމުތަކަކީ ގިނަދުވަސްވެ ބާވެފައިވާ ނިޒާމުތަކެއް ކަމުން ހިންގުމުގެ ހަރަދު ބޮޑު ނިޒާމުތަކެކެވެ. އަދި ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމަކަށްވާތީ، ކޮންމެ ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުންގެންދަނީ އެރަށެއްގައި ވަކި އިންޖީނުގެ އަކާއި ކަރަންޓު ވިއުގައެއް ގާއިމުކޮށްގެންނެވެ. އެ ނިޒާމުތަކަކީ އެއްވެސް ޑިޒައިނެއް، ޕްލޭނެއްނެތި އަމިއްލަ ފަރާތްތަކާއި ރަށްކުރިއަރުވާ ކޮމެޓީތަކުން ގާއިމުކޮށްފައިވާ، ގިނަ ދުވަސް ވެފައިވާ ނިޒާމުތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް