ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ-- ފޮޓޯ: ޕީއެސްއެމް ނިއުސް
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ޝިޕިން އެޖެންސީތަކާއި ވިޔަފާރިވެރިންގެ ތެެރެއިން 70 ފަރާތް ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، ރާއްޖޭގައި ހިންގަމުންދާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާސްޕޯޓް އޮތޯރިޓީން 16 ޖުލައި ގައި ޝާއިއުކޮށްފައިވާ ގަވައިދު "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު"، 16 ސެޕްޓެމްބަރު ގައި އުވާލާފައިވާ ކަމަށެވެ. 

އެ ގަވައިދަށް އަމަލު ކުރަމުން ދިޔައިރުވެސް ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. 

އޭގެ އިތުރުން އެ ގަވައިދު ބާތިލު ކުރުމުގައި މައްސަލަތަކެއް ފާހަގަކުރެވޭ ކަމަށާއި ގަވައިފު ތަންފީޒު ނުކުރެވޭތީ އެކަން ޓްރާސްޕޯޓް އޮތޯރިޓީގެ ބޯޑުން މިނިސްޓްރީއަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ ހިންގުމާއި ހަދަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އަދި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލުކުރުމަކީ، ބޯޑުން ކުރަންޖެހޭ ކަމެއް ކަމަށާއި، އަދި ބޯޑުން ފާސްކުރުމެއް ނެތި މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކަންކަން ނުކުރެވޭނެ ކަމަށް ހުށަހެޅި މައްސަލާގައި ވެއެވެ.

އެހެން ނަމަވެސް "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު" ބާތިލުކޮށްފައި ވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސްކުރުމެއް ނެތި ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ.

އެ މައްސަލާގައި އެދިފައި ވަނީ ބޯޑުގެ އެއްވެސް ބަހެއް ނެތި "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު" މިނިސްޓަރު އައިޝަތު ނަހުލާ އަމިއްލައަށް އުވާލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯދުމަށް ކަމަށް ދެކެވޭތީ އެކަން ބަލައިދިނުމަށެވެ.  

އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް