ads
ޖެންޑާ މިނިސްޓަރު މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ--
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް މިނިސްޓަރު އައިޝަތު މަޝްވަރާކުރައްވައިފި
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ޖިންސީ އަނިޔާއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މަޝްވަރާ ކުރައްވައިފި އެވެ.

އައިޝަތު ވަނީ ޔޫއެންޖީއޭގެ 75 ވަނަ ސެޝަންގެ ހައި-ލެވެލް އިވެންޓް "ސްޓްރެންތެނިން ކޮމިޓްމެންޓްސް ޓު ޕްރިވެންޓް، ރެސްޕޯންޑް އެންޑް ޕްރޮޓެކްޓް އެގެއިންސްޓް ސެކްޝުއަލް އެންޑް ޖެންޑަ ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ގައި ބައިވެރިވެ ވަޑައިގަންނަވާފަ އެވެ. 

އެ ބައްދަލުވުމަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި، ޖިންސީ އަނިޔާއިން ރައްކާތެރިވުމާ އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުތަކުން ކުރިއަށް އޮތް 12 މަހަށް ރާވާފައި ހުރި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. 

އެ ބައްދަލުވުމުގައި ވަނީ މިދިޔަ އަހަރު ބޭއްވި "އެންޑް ޖެންޑަ ބޭސްޑް ވަޔަލެންސް" ކޮންފަރެންސްގައި ނިންމި ނިންމުންތައް ގައުމުތަކުން ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް