ads
ރައީސް ޔާމީންގެ ސަރުކާރުން އޭރު ޕްލޭން ކުރި އައިހެވެން މަޝްރޫއު--
އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން އިސްތިހާރު ކޮށްފި
އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަން އިސްތިހާރު ކުރަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓްގައި ވަނީ އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދުމަށް ހުޅުވާލާނޭ ކަން އިއުލާނު ކޮށްފައެވެ. އަދި އެ ކަން އިއުލާނު ކުރާނީ އޮކްޓޫބަރު ހަތަރު ވަނަ ދުވަހު ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައިވެ އެވެ.

މި އިސްތިހާރުގައި އިހަވަންދިއްޕޮޅުގެ ދަތުރުފަތުރު ކުރުމުގެ ފަސޭހަކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން އެއާޕޯޓްތައް ހުރި ތަންތަނާއި ދަތުރު ކުރުމަށް ނަގާ ވަގުތުތައް ފާހަގަކޮށްފައިވެ އެވެ. 

މީގެ ކުރިން ސަރުކާރުން އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްގީ ކުރުމަށް އިންވެސްޓަރުން ހޯދަމުން އަންނަކަން ފާހަގަކޮށްފައިވެ އެވެ

އިހަވަންދިއްޕޮޅުގެ ތަރައްގީގެ މަޝްރޫއަށް އިންވެސްޓަރުން ހޯދުމަށް ސަރުކާރުން އިސްތިހާރު ކޮށްފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް "އައިހެވެން"ގެ ނަމުގައި އިސްތިހާރު ކުރި އެވެ. އަދި މަޝްރޫއަށް އިންވެސްޓަރުން ހޯދުމަށް މަޝްވަރާވެސް ކޮށްފައިވެ އެވެ. އެހެން ނަމަވެސް އެ މަސައްކަތަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް