ads
ވެލާނާގެ-- ފޮޓޯ: ސީއެންއެމް
ކައުންސިލް އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ހުއްދަދީފި
ކައުންސިލްގެ އިދާރާތަކުގެ އިދާރީ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި، އިދާރާތަކަށް އާ މަގާމު އުފައްދައިދިނުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް އަންގާފައިވާ އެންގުން ނިމުމަކަށް ގެނެސްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ސިވިލް ސާވިސް ކޮމިޝަނުން އެ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލުމަށް އެންގި ނަމަވެސް އެކޮމިޝަނުން މިއަދު ބުނީ އެ ނިންމުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށެވެ. 

އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ގާނޫނު 2020 ގެ ދަށުން ލޯކަލް ގަވަމަންޓް އޮތޯރިޓީން ހޯދަންޖެހޭ ހުއްދައާއި މާލިއްޔަތާބެހޭ ސާކިއުލާގެ ދަށުން ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު، ކައުންސިލްގެ އިދާރާތަކުގެ މަގާމުތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް" އާ އެއްގޮތަށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. 

މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އިދާރާތަކަށް މީހުން ނެގުން މަޑުޖައްސާލާފައި ވަނީ ކައުންސިލްތަކުގެ އިދާރީ ހިންގުން ހައިބްރިޑް މޮޑެލްއަށް ބަދަލުކުރުމާއި ގުޅޭ މަސައްކަތް ލޯކަލް ގަވާމަންޓް އޮތޯރިޓީއާ އާއި ސީއެސްސީ ގުޅިގެން ކުރިއަށް ގެންދިއުމަށެވެ. 

އެކަމަކު ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގޮތުން ވަނީ ކޮންމެހެން ބޭނުންވާ މަގާމުތަކަށް މީހުން ހޯދުން ކޮމިޝަނުގެ ހުއްދައާއެކު ކުރިއަށް ގެންދިއުމުގެ ހުއްދަދީފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް