ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި
ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށާއި ފަރާއި ކަނޑޫފާ ރައްކާތެރިކުރަން ސަރުކާރުން ވީ ވައުދު ފުއްދުމަށް ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތްކޮށްފި އެވެ.

ރައީސުލްޖުމްހީރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ ޅ. އަތޮޅު ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި މާކޯ، ވައްވަރު އަދި ދަނޑިފަޅުގެ ކަނޑު އޮޅީގެ އިތުރުން ދަނޑުފަޅި އަދި ދަށުގިރީގެ ފިނޮޅު ސަރަހައްދު ހިމާޔަތް ކުރުމަށެވެ.

ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމީ އިއްޔެ އޮންލައިންކޮށް ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އެންވާރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. 

އެ ނިންމުން ނިންމާފައި ވަނީ ތާރީހީ މައުލޫމާތާއި، ދިރާސާ ރިޕޯޓުތަކާއި، މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމާއަތްތަކާއި ތިމާވެށި ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ފަހު އެވެ. 

މީގެ ކުރިން ވެސް ވަނީ ޅ. އަތޮޅިގެ ދެ ސަރަހައްދެއް ހިމާޔަތްކޮށްފަ އެވެ. އެއީ 1995 ގައި ފުށިފަރުގެ ތިލަ ސަރަހައްދާއި 1999 ގައި ކުރެއްދޫ ކަނޑުއޮޅި ސަރަހައްދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް