ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ކުވޭތުގެ އާ އަމީރު ނަވާފް އަށް ރައީސް ސޯލިހް ތަހުނިޔާ ވިދާޅުވެއްޖެ
Share
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ކުވޭތުގެ އާ އަމީރު ނަވާފް ސަބާހުލް އަހްމަދު އަލްޖާބިރު އައްސަބާހަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

ކުވޭތުގެ އައު އަމީރަށް ރައީސް ފޮނުއްވި ތަހްނިއާގެ މެސެޖުގައި ވަނީ އެ ގައުމުގެ ކުރީގެ އަމީރު އައްޝައިހް ސަބާހުލް އަހްމަދު އަލްޖާބިރު އައްސަބާހް އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ އާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

އަދި އަމީރުގެ ހިކުމަތްތެރިކަމާއި ދުރުވިސްނުންފުޅުގެ ސަބަބުން، ‌‏އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ގަދަރާއި އިހްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމުގައި ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ކުވޭތުގެ އާ އަމީރުގެ ޒައާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެކަމާއިމެދު ޝައްކު ނުކުރައްވާކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.

އަމީރު ސަބާހް އަވަހާރާވުމާއި ގުޅިގެން އަމީރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ 83 އަހަރުގެ ޝެއިހް ނަވާފް އަލް އަހުމަދަކީ ޝެއިޚް ސަބާހްއާ އެއްބައްޕާފުޅު ބޭފުޅެކެވެ. އޭނާ ކުރިން ހުންނެވީ ވަލީ އަހުދުގެ މަގާމުގައެވެ.

މިއަހަރުގެ ޖުލައި މަހުން ފެށިގެން އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދެވި 91 އަހަރުގެ އަމީރު ސަބާހް އަވަހާރާވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް