ads
ޕީޖީ ހުސައިން ޝަމީމް--
ހައި ކޯޓުގެ ހުކުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ބޮޑު ކާމިޔާބެއް: ޕީޖީ ޝަމީމް
ކައިވެނީގެ ތެރޭގައި ހިނގާ ރޭޕް ކުށެއްގެ ގޮތުގައި މިއަދު ކޯޓު ސިސްޓަމުން ބަލައިގެންފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް އެހެން ވިދާޅުވެފައި ވާއިރު، އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާއިން ކްރިމިނަލް ކޯޓުން ސަލާމަތްވި އިބްރާހިމް ޝާހުގެ ތިން އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

އެކަމާ އިޝާރާތް ކުރައްވާ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައި ކޯޓު މެދުވެރިކޮށް ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ލިބުނީ ބޮޑު ކާމިޔާބެއް ކަމަށެވެ.

"ކައިވެނީގެ ތެރޭގައި ރޭޕް ކުރުމަކީ ގާނޫނުން ކުށެއް ކަމަށް ކަނޑައަޅާފައި ވާއިރު، ކޯޓު ނިޒާމުގެ ތެރެއިން ވެސް މިއަދު އެވަނީ އެއީ ކުށެއް ކަމަށް ކަނޑައަޅާފައި! އަޅުގަނޑުމެން މި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންގޮސް ނުރައްކަލަށް ހުށަހެޅިފައިވާ އެންމެންނަށް ރައްކާތެރިކަން ކަށަވަރުކުރެވޭނެ،" އެ ޓްވީޓުގައި ވެއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ޝާހުއާ ދެކޮޅަށް އިތުރު ދެ ދައުވާއެއް ކުރިއަށް އެބަ އޮތް ކަމަށާއި، އޭނާ ޖަލަށް ލެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް