ads
ޕީސީބީގެ ރައީސް ހަސަން ވަހީދު--
ޕީސީބީގެ ރައީސް އިސްތިއުފާ ދެއްވައިފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް ހަސަން ވަހީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ޕީސީބީގެ ރައީސް ކަމުން ހަސަން ވަހީދު އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުން ވަނީ ސީއެންއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ. ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވަނީ މިއަދު ކަމަށެވެ. 

މިކަމާގުޅިގެން ހަސަން ވަހީދުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. 

މިފަހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ދައުލަތުގެ ކުންފުނިތަކުގައި ހިންގާ ކޮރަޕްޝަން ހުއްޓުވަން ޕީސީބީން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށް އެ ބޯޑްގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. 

މައްސަލައިގައި ގިނަ ކަންތައްތަކެއް މަޖިލީހުން ބަލަން އެދިވަޑައިގެންނެެވާއިރު އޭގެތެރޭގައި އެބޯޑުން މިހައިތަނަށް ހަދާފައިވާ ގަވައިދުތައް ހަދާފައި ވަނީ ބައިނަލްއަގުވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްތޯ ބެލުމަށާއި ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ނުހަދާ ހުރީ ކޮންކޮން ގަވައިދުތަކެއްތޯ ބެލުމަށާއި ޕީސީބީ އުފެއްދި ގާނޫނުގައިވާ ގޮތަށް އެބޯޑުން ސަރުކާރުގެ ކުންފުނިތައް މޮނިޓާ ކުރަމުންދޭ ތޯ ނުވަތަ ނޫންތޯ ބަލަން ވެސް ހުށަހަޅާފައިވެ އެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް