ads
ކާޅުތަކެއް--
ބަޔަކު އައްޑޫގެ އަވަށްތަކަށް ކާޅުތަކެއް ދޫކުރުން ދޮންދީނީގެ ނަސްލު ގެއްލިދާނެކަމުގެ ބިރުހީވެއްޖެ
ކޮން ބައެއްގެކަން ނޭނގޭ ބަޔަކު އައްޑޫ ސިޓީގެ އަވަށްތަކަށް ކާޅުތަކެއް ދޫކޮށްލާފައިވާ ކަމަށް އެ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީގެ އަވަށްތަކަށް ބަޔަކު ކާޅުތަކެއް ދޫކުރުމުގެ ސަބަބުން އައްޑޫގެ އެކި އަވަށްތަކުގައި އެ ކާޅުތަކުގެ ނުރައްކާ ދޮންދީނިތަކަށް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. 

އަދި ދޮންދީނިތައް މަރާއި ޅަ ދޮންދީނިތަކާއެކު ކައި ހުސްކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. 

އެހެންކަމުން އައްޑޫ އިން ދޮންދީނި ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާތީ އައްޑޫގެ ތެރެއަށް ދޫކޮށްލާފައިވާ އެ ކާޅުތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއި މެދު އެންވަޔަރަމަންޓް މިނިސްޓްރީގެ ލަފައެއް ހޯދަން އެދިފައިވާ ކަމަށް ބުނެ އެވެ. 

އޭގެ އިތުރުން ދޮންދީނިތައް ނައްތާލުމުގެ ހުއްދައަކަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގައި އެދިފައިވާ ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.

އައްޑޫ ސިޓީގެ ދޮންދީނީގެ އާބާދީ ދެނެގަތުމަށް މިދިޔަ މަހުގެ ތެރޭގައި ސާވޭއެއް ކުރިއަށް ގެންގޮސްފައިވާއިރު ދޮންދީންޏަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. 

ފުރަތަމަ ފަހަރަށް އެ ދޯނީގެ އާބާދީ ބެލުމަށް އައްޑޫގައި ސާވޭއެއް ކުރިއަށް ގެންދިޔައިރު ރާއްޖޭގައި ދޮންދީނި އުޅެނީ ވެސް ހަމައެކަނި އެ ސަރަހައްދުގަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް