ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުން ބުނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެމިރޭޓްސް އިން ރާއްޖެއަށް ހަފުތާގެ ހަތް ދުވަހު ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ވީއައިއޭ އިން ބުނީ މިހާރު ހަފުތާއަކު ހަ ފްލައިޓް ދުބާއީ އާއި ވީއައިއޭއާ ދެމެދު ބާއްވަމުން އަންނަ ކަމަށާއި އެމިރޭޓްސްގެ ފްރެކުއެންސީ އިތުރުކޮށް ހަފްތާއަކު ކޮންމެ ދުވަހަކު ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ.
ވީއައިއޭ އިން ބުނީ އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަމުން އަންނަނީ ބޮއިން777 ގެ މަތިންދާ ބޯޓު ކަމަށެވެ.
ކޮވިޑް-19 އާއެކު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލިއިރު 16 ވަނަ ދުވަހު އެމިރޭޓްސް އިން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފަ އެވެ.