ads
އަކްޝޭ
"ހައުސްފުލް 4" އަދި "ގުޑް ނިއުސް"ގައި އެއްހެދުމެއް ލުމުން އަކްޝޭ އަށް ފާޑުކިޔުން
"ހައުސްފުލް 4" އަދި "ގުޑް ނިއުސް" ގައި އެއްހެދުމެއް ލުމުން ބޮލީވުޑުގެ އެކްޓަރު އަކްޝޭ ކުމާރު އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
"ހައުސްފުލް 4" އަދި "ގުޑް ނިއުސް"ގައި އެއްހެދުމެއް ލުމުން ބޮލީވުޑުގެ އެކްޓަރު އަކްޝޭ ކުމާރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މި ދެ ފިލްމުގައި ވެސް ލީޑު ރޯލުން ފެނިގެންދަނީ އަކްޝޭ އެވެ.

"ހައުސްފުލް 4" މިހާރު ނެރެފައިވާއިރު "ގުޑް ނިއުސް"ގެ ޓްރެއިލާ ވަނީ މިހާރު ނެރެފަ އެވެ.

ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަމަށް އައީ އަކްޝޭ މި ދެ ފިލްމުގައި ވެސް ސީންއެއްގައި އެއް ހެދުމެއް ލައިފައި ހުރި މަންޒަރެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ގިނަ ބަޔަކު ވަނީ އެއީ އެއް ދުވަހު ކުޅެފައިވާ މަންޒަރެއް ކަމަށްވެސް ބުނެފައެވެ. އަދި ހެދުން ބަދަލުކުރާނެ ވަގުތެއް ނުލިބުނީ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އަކްޝޭ އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.


ފަރުހާދު ސަމްޖުހީ ޑައިރެކްޓް ކުރާ ހައުސްފުލް 4 ގައި އަކްޝޭގެ އިތުރުން ރިތޭޝޭ ދޭޝްމުކް އާއި، ކްރިތީ ސެނޮން އާއި، ސަންޖޭ ދަތާއި، ބޮބީ ޑިއޯލްއާއި، ޕޫޖާ ހިންޖްގެ އިތުރުން ޗަންކީ ޕާންޑޭ، ރާނާ އަދި ޝަރަދް ކެލްކަރް ފެނިގެންދެ އެވެ.

ގުޑް ނިއުސްގައި އަކްޝޭގެ އިތުރުން ކަރީނާ ކަޕޫރު ހާން އާއި ދިލްޖިތް ދޮސަންޖް އާއި ކިއާރާ އަދްވާނީ ވެސް ފެނިގެންދެ އެވެ. މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ވަނަ ދުވަހު އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް