ads
މަހުލޫގުންނާ މެދު ވިސްނާލުމުން މާތްﷲ ގެ ކުޅަދުންވަންތަކަން ހިތަށް ވަދޭ: ހުތުބާ
މަހުލޫގުންނާ މެދު ވިސްނާލުމުން މާތްﷲ ގެ ކުޅަދުންވަންތަކަން ހިތަށް ވަންނަކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ މުޅި ކާއިނާތުގެ ނިޒާމް ހިނގަމުން ދަނީ މާތް ﷲ ލައްވާފައިވާ އިލާހީ ގާނޫނުގެ ދަށުންކަމަށެވެ. އެ ގާނޫނަށް ކައުނީ ސުންނަތޭވެސް ކިޔާކަން ފާހަގަކޮށް ހުކުރު ހުތުބާގައި ބުނެފައިވަނީ މާތްﷲ ގެ ބާރުވެރިކަން ވަނީ ހުދޫދެއް ނެތި ހުރިހާ ގާނޫނުތަކެއް ފަހަނައަޅައި ގޮސްފައިކަމަށެވެ. 

ހުތުބާގައި ބުނެފައިވަނީ އެކަލާނގެ ހައްދަވާފައިވާ ތަކެއްޗާއި މެދު ވިސްނާލުމުން އޭގެތެރޭގައި އިންސާނުންނަށް ފައިދާވާ ތަކެއްޗާއި ގެއްލުން ލިބޭ ތަކެތި ވާކަމަށެވެ. އަދި އެއިން ކޮންމެ މަޚްލޫގަކާ މެދު ވިސްނާލުމުން އެތަކެތި ހައްދަވާފައިވާ ފުރިހަމަކަމާ އެތަކެތި ހެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާ މަތިވެރިކަން ހިތައް ވަދެގެންދާނެ ކަމަށެވެ. 

"އިންސާނާ ހަމައެކަނި އޭނާ ހެއްދެވުނު ގޮތާމެދު ވިސްނާ ފިކުރު ކުރިނަމަވެސް، އޭނާގެ އީމާންތެރިކަން ވަރުގަދަވެ، ﷲ ތައާލާގެ ކުޅަދުންވަންތަކަން އޭނާގެ ހިތަށް ވެރިވެގެން ދާނެއެވެ." ހުތުބާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ހުކުރު ހުތުބާގައިމާތް ﷲ އިންސާނާއަށް ބުއްދި ދެއްވިކަން ފާހަގަކޮށް ބުނެފައިވަނީ އިންސާނާގެ ހިދުމަތުގައި އެކަލާނގެ ހައްދަވާފައިވާ މަހްލޫގުން ލެއްވި ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ބިންމަތީގައި އުފެދުނު ކޯޅުމަކީ އީމާންކަމާއި ކާފިރު ކަމާ ދެމެދު އުފެދުނު ކޯޅުމެއްކަމަށެވެ. އަދި އެއީ ހައްގާއި ބާތިލާއި ދެމެދު އުފެދުނު ދެބަސްވުމެއްކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ މި ދެބަސްވުންޤިޔާމަތާ ޖެހެންދެން އޮންނާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް