އެމްއެންޑީއެފުން ބުނީ ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރަން ކުރިއަށް ގެންދާ ތަމްރީނުތަކެއް މިއަދު 14:30 އިން 15:30 އަށް ކަޅުތުއްކަލާކޮށީގައި ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.
އެތަނުގެ އެތެރޭގައި އެ އޮޕަރޭޝަން ކުރިއަށް ގެންދާއިރު ބަޑީގެ އަޑުއިވިދާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެކަމަކު ބަޑީގެ އަޑު އެހާ ބާރު ނުވާނެ ކަމަށް ވެސް ބުނެ އެވެ.
މީގެ ކުރިން މާލޭގައި ސިފައިން ހަތިޔާރާއެކު އެފަދަ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.