ads
ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް--
ގްރޭޑް ނުވައަކުން މަތީގެ ކުދިންނަށް ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފި
ކޮވިޑް-19 ކޭސްތައް އިތުރުވާން ފެށުމުން ބަންދުކުރި މާލޭގެ ސްކޫލުތަކުގައި މިއަދު އަލުން ކިޔަވައިދޭން ފަށައިފި އެވެ.

ނަމަވެސް ސްކޫލުތައް ހުޅުވާފައި ވަނީ ހަމައެކަނި ގްރޭޑް ނުވައަކަން މަތީގެ ކުދިންނަށެވެ. އެހެން ގްރޭޑްތަކަށް ކިޔަވައިދެމުން ދަނީ އޮންލައިންކޮށެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް ނިންމާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ. ކޮވިޑާ ގުޅިގެން މާލޭގެ ސްކޫލުތައް ބަންދު ކުރީ މާޗް 12 ގައެވެ.

އޭރުން ފެށިގެން ދަރިވަރުންނަށް ކިޔަވައިދެމުން ދިޔެއީ އޮންލައިންކޮށެވެ. އޭގެ ފަހުން ޖުލައި 1 ގައި ގްރޭޑް ނުވައަކުން މަތީގެ ކުދިންނަށް ސްކޫލުތައް ހުޅުވާލި އެވެ.

ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވާން ފެށުމުން އޮގަސްޓް 9 ވަނަ ދުވަހު ސްކޫލުތައް ބަންދު ކުރި އެވެ. 

ދޮޅު މަހަށް ފަހު ބޮޑެތި ގްރޭޑްތަކުގެ ކުދިންނަށް މިއަދު ސްކޫލުގައި ކިޔަވައިދޭން ފެށިއިރު، ކޮވިޑް ކޭސްތައް މިހާރު ވަނީ ވަރަށް ބޮޑަށް މަދުވާން ފަށާފަ އެވެ.

އެގޮތުން އިއްޔެ ވެސް 1555 އަށް ވުރެ ގިނަ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ އެންމެ 67 މީހުންނެވެ. ނަމަވެސް ފަރުވާ ކުޑަކޮށްފި ނަމަ އަލުން ކޭސްތައް އިތުރުވުމުގެ ބިރު އެބަ އޮތެވެ.

އެހެންކަމުން ސްކޫލުތައް ހުޅުވާލައިގެން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ. އެގޮތުން ސްކޫލަށް ވެއްދުމުގެ ކުރިން ކުދިންގެ ހުން ބަލައި، އަތް ސެނިޓައިޒް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް