ads
ފޮޓޯ: އަވަސް
ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަކީ އެދޭކަމަށް: ޕީޖީ ޝަމީމް
ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަކީ އެދޭކަމެއްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޝަރީއަތްތައް ހުޅުވާލައިގެން ބޭއްވުމަކީ އެދޭކަމެއްކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ސިއްރުކުރަން ޤާނޫނުގައި ހުރި މައްސަލަ ފިޔަވައި ދެންހުރި މައްސަލަތަކުގައި ލުއި ގޮތްތަކެއް ހޯދައިދޭން ޖެހޭ ކަމަށެވެ. އަދި މައްސަލަތަކަށް ވަންނަ ނޫސްވެރިންނަށްވެސް ލުއި ގޮތްތަކެއް ހޯދައި ދޭންޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ސިއްރުކުރަން ޤާނޫނުގައި ހުރި މައްސަލަ ފިޔަވައި، ޝަރީޢަތަށް ވަންނަން ވަކި ވަގުތެއްގެ ކުރިން ފޯމު ފުރުމާއި، ވަނުމަށްފަހު ނުނިކުމެވުން ފަދަ ކަންކަން ނުވާނެ ގޮތަކަށް އިދާރީ ލުއިތަކެއް އޮންނަންޖެހޭ. ނޫސްވެރިންނަށް އެމީހުންގެ އަމިއްލަ ނޯޓުފޮތް ވެއްދެންޖެހޭ." ޝަމީމްގެ ޓްވީޓްގައި ވެއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ، ރާއްޖޭގައި ހިނގާ ހުރިހާ ޝަރީޢަތެއް، ޢާންމުންނަށް ހުޅުވާލައިގެން ބޭއްވޭ އަހަރަކަށް މިއަހަރު ވުމަކީ އެދޭކަމެއް ކަމަށެވެ. އަދި އިތުބާރު ބޮޑު ކުރެވޭނީ ހާމަކަންބޮޑު ކޮށްގެން ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް