ads
އުއިގޫރު މުސްލިމުން ބައިތިއްބާ ކޮންސަންޓްރޭޝަން ކޭމްޕް--
ޗައިނާގެ ކޮންސަންޓްރޭޝަން ކޭމްޕެއްގައި އުއިގޫރު މުސްލިމަކު މަރުވިކަން ކަށަވަރުކޮށްދީފި
ޗައިނާގެ ކޮންސަންޓްރޭޝަން ކޭމްޕެއްގައި ހައްޔަރުކޮށްފައި އިން މުސްލިމަކު މަރުވެފައިވާ ކަން ޗައިނާއިން ކަށަވަރުކޮށްދީފި އެވެ.
Advertisement

ޗައިނާއިން މިކަން ކަށަވަރުކޮށްދީފައިވަނީ އެގައުމުން ހައްޔަރު ކޮށްފައިތިބި އުއިގޫރުގެ ފަރާތްތަކާއި މެދު ކަންކުރަމުންދާ ގޮތުން ދުނިޔޭގެ ފާޑުކިޔުން އެގައުމަށް އަމާޒުވެފައިވާ ދަނޑިވަޅުގައެވެ.

ބޭރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުއިގޫރަށް ނިސްބަތްވާ އަބަދުލްގަފޫރު ހާޕިޒްގެ މައްސަލަ ވަނީ ޔޫ.އެން. ވޯކިންގް ގްރޫޕް އޮން އެންފޯސްޑް އޯ އިންވޮލުންޓަރީ ޑިސަޕިއަރެންސް އަށް އޭޕްރިލް 2019 ވަނަ އަހަރުގެ އޭޕްރިލްގައި މައްސަލައެއްގެ ގޮތުގައި ތާވަލު ކޮށްފައެވެ. ނަމަވެސް ޗައިނާއިން މި މައްސަލައާއި ބެހޭ ގޮތުން ކުރި ސުވާލުތަކަށް ރައްދު ދީފައި ވަނީ މި މަހުއެވެ.

ޗައިނާ އިން މި މައްސަލައަށް ޖަވާބުދާރީވުމަށް ޔޫ.އެން. ވޯކިންގް ގްރޫޕަށް ހުށައެޅި ލިޔުންތަކުގައިވާ ގޮތުން އަބްދުލްގަފޫރު ހާޕިޒް މަރުވެފައިވަނީ މީގެ 2 އަހަރު ކުރިން ނިއުމޯނިޔާއާއި ޓިޔުބަކްލޮސިސްގެ ބަލި ޖެހިގެންނެވެ. ނަމަވެސް އޭނާގެ ދަރިފުޅު ފާތިމާ އަބްދުލްގަފޫރު ދަ ގާޑިޔަން ނޫހަށް މައުލޫމާތު ދެމުން ބުނިކަމަށް ރިޕޯޓްކޮށްފައިވަނީ ބައްޕަ މަރުވާނީ ޑައިބަޓީސްގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށެވެ.

އދ ގެ ވޯކިންގް ގްރޫޕުންވަނީ ފާތިމާގެ މަންމައާއި، ގެއްލިފައިވާ ދެބެއިންގެ މައްސަލައާއި މެދުވެސް ޗައިނާއަށް ސުވާލުތައް ކުރިމަތިކޮށްފައެވެ. ޗައިނާގެ އޮފިޝަލުން ބުނެފައިވަނީ ފާތިމާގެ މަންމަ އާއި ދެބެއިން ދިރިއުޅެމުން އަންނަނީ "އާދައިގެ ދިރިއުޅުމެއް" ކަމަށެވެ. ނަމަވެސް ފާތިމާ ވަނީ މިއީ ތެދު ހަގީގަތެއްނޫން ކަމަށާއި، މަންމަގެ ހަބަރެއްނުވާ ކަމަށްބުނެފަ އެވެ. 

ބޭރުގެ ނޫސްތަކުގެ ރިޕޯޓުތަކުގައިވާ ގޮތުން ޗައިނާއިން މިދިޔަ ތިން އަހަރު މިލިޔަނަކަށް ވުރެ ގިނަ އުއިގޫރު މުސްލިމުން ޒިންޖިޔަންގްގެ ޖަލުތަކުގައި ބަންދުކޮށް އިންސާނީ ހައްގުތަކުން މަހްރޫމް ކޮށްފައިވެއެވެ. ނަމަވެސް ޗައިނާއިން ދަނީ ތަކުރާރުކޮށް މި ތުހުމަތުތައް ދޮގުކުރަމުންނެވެ. ޗައިނާއިން ތުހުމަތުތައް ދޮގުކުރާއިރު، ޗައިނާއިން ދަނީ ޖަލު އިންސްޕެކްޓް ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކަށް ހުރަސްއަޅަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް