ޔުނައިޓެޑުގެ ސަޕޯޓަރުން ރެޑީތަ؟ އާ ކޯޗާއެކު ފުރަތަމަ މެޗު މިރޭ
ސްޕޯޓްސް ޓީމް
24 ނޮވެންބަރ 2024 - 07:45:09
މެންޗެސްޓާ ޔުނައިޓެޑުގެ އާ ހެޑް ކޯޗް ރުބެން އަމޯރިމްއާއެކު އެ ކްލަބުން ކުޅޭ ފުރަތަމަ މެޗު މިރޭ އޮންނާނެއެވެ.
ޔުނައިޓެޑުގެ އާ ކޯޗާއެކު އެ ކްލަބުން ކުޅޭ ފުރަތަމަ މެޗަކީ ޕްރިމިއާ ލީގުގައި މިރޭ، އިޕްސްވިޗް ޓައުންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 9:30 ގައެވެ.
ޕޯޗުގަލްގެ ލިސްބަންގެ ކްލަބް ސްޕޯޓިން އިން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އޯލްޑް ޓްރެފޯޑަށް ބަދަލުވި އުމުރުން 39 އަހަރުގެ ޕޯޗުގަލް މި ކޯޗު ވަނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުނައިޓެޑާއެކު ކޮންޓްރެކްޓް ހަދާފައެވެ.
އަމޯރިމް އަކީ 2013 ވަނަ އަހަރު ސާ އެލެކްސް ފަރްގިސަންގެ 26 އަހަރުގެ ކާމިޔާބު ކޯޗިން ދައުރު ނިމުނު ފަހުން ޔުނައިޓެޑުން ދާއިމީކޮށް ކުޅުނު ހަ ވަނަ ކޯޗު އެވެ.
ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ރޫބެން އަކީ ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ އަދި އެންމެ މަތީ ރޭޓިން ލިބިފައިވާ އެއް ޒުވާން ކޯޗު" ކަމަށެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް