އެއާއެކު ރިއާއަށް ތާއީދު ކުރާ ބޮލީވުޑުގެ ފަންނާނުން ދަނީ ކަފާލާތުގެ ދަށުން އޭނާ ދޫކުރަން ކޯޓުން ނިންމުމުން އެކަމަށް މަރުހަބާ ކިޔަމުންނެވެ.
އެގޮތުން އެކްޓްރެސް ހުމާ ގުރޭޝީ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ހުރިހާ އެންމެން ރިއާގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށެވެ.
ސުޝާންތު މަރާލި ގަސްތުގައި ބަޔަކު ރާވައިގެން ކަމަށް ބުނެ ފޭކު އަޑުތަކެއް ފެތުރި މައްސަލާގައި ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.
ހުމާގެ އިތުރުން ތާޕްސީ ޕަންނޫ ވެސް ވަނީ ރިއާއަށް ތާއީދުކޮށްފަ އެވެ. އޭނާ ބުނީ ރިއާއާ މެދު އަމަލު ކުރީ ނާއިންސާފުން ކަމަށެވެ.