ads
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫގެ ތެރެއިން: ފޮޓޯ ޕްލޭނިން
ރައްޔިތުންނަށް ފަސޭހަކަން ގެނުވާ، އިގްތިސާދު ކުރިއަރުވާނެ ތަރައްގީއަކީ މިއީ!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެންމެ ބޮޑު އެއް މަޝްރޫއަކީ މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަންދިން ސިނަމާލޭ ބްރިޖުގެ މަޝްރޫއުއެވެ. 200 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ސިނަމާލޭ ބްރިޖު ތަރައްގީކޮށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން ހުޅުވާލިއިރު އެ މަޝްރޫއުވެގެންދިޔައީ ހުޅުމާލެ އާއި މާލެ އަދި ހުޅުލެއާ ދެމެދު ކޮންމެ ދުވަހަކު ދަތުރުކުރަންޖެހޭ މީހުންގެ ތަކުލީފުތަކަށް ނިމުމެއް ގެނައި ބްރިޖަކަށެވެ. އެކަމަކު އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުގެ ކަންބޮޑުވުމަކަށްވީ އެއަށް ވުރެ ހެޔޮ އަގުގައި އެދެމެދުގައި ބްރިޖު އެޅެން އޮތްވާ ބޮޑު އަގުގާއި ބްރިޖު އަޅަން ނިންމުމެވެ.

ކޮންމެއަކަސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ރާއްޖޭގައި ދެވަނަ ބްރިޖެއް ތަރައްގީކުރުމަށް މިވަނީ ނިންމާފައެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވާލާ މި ބްރިޖުވެގެންދާނީ ރާއްޖޭގައި ތަރައްގީކުރެވޭ މިފަދަ އެންމެ ބޮޑު ބްރިޖަށެވެ. މިއީ ރާއްޖޭގެ ރައްޔިތުންއެދޭ ހަގީގީ ދެމެހެއްޓެނިވި ތަރައްގީއަށް ކުރެވޭ ބުރަ މަސައްކަތެކެވެ.

ހަތަރު ރަށް ގުޅުވާލާއި މި ބްރިޖަށް ބަލާއިރު މިއީ ހަމައެކަނި ރައްޔިތުންނަށް ލުއިތަކެއް ލިބޭނެ ފަދަ ގޮތަކަށް ކުރިއަށްގެންދާ މަޝްރޫއުއެއް ނޫނެވެ. އޭގައި އިގްތިސޯދީ ޕްލޭނެއް ވެސް އެބަ އޮތެވެ. އެގޮތުން ގުޅީފަޅަަށް ރާއްޖޭގެ މައިޕޯޓު ބަދަލުކުރުމާއެކު މިހާރަށް ވުރެ މާބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެއީ ޖާގައިގެ ގޮތުން ބެލި ނަމަވެސް އެތަނަކީ އެެއް ފަހަރާއި ގިނަ ބަޔަކަށް ހިދުމަތް ފޯރުކޮށްދެވޭނެ ތަނަކަށް ވެގެންދާނެ ކަމަށް ބުނެ އެވެ. އަދި އެއީ އިގްތިސޯދަށް ބޮޑު ފައިދާއެއްވާނެ ޕޯޓެއް ކަމަށް ވަނީ ބުނެފަ އެވެ.

ގުޅީފަޅު ހާއްސަކުރެވިފައި ވަނީ ހަމައެކަނި އެކަމަަކަށް ވެސް ނޫނެވެ. މާލެގޭ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ބޭނުންކުރާ ރަށެއްގެ ގޮތުގައި ވެސް އެރަށް ބޭނުންކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މާލޭގައި ބޯހިޔާވަހިކަމަށް ޖެހިފައި ތިބި އާއިލާތަކަށް އެ ރަށުގައި ހައުސިން ޔުނިޓްތަކެއް އެޅިގެންދާނެކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެ އެވެ. 

ދެން އޮތީ ތިލަފުއްޓެވެ. މިހާރު ވެސް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ބޭނުންކުރާ އެރަށަކީ ވެސް ގިނަ ބަޔަކުު ކޮންމެ ދުވަަހަކުމެ ވަޒީފާއަށްދާންޖެހޭ ރަށެކެވެ. މިހާރު ފެރީގައި އެ ދެމެދުގައި ދަތުރުކުރަމުން އަންނައިރު މި ބްރިޖުވެގެންދަނީ އެފަރާތްތަކަށްް ހަމަގައިމުވެސް ބޮޑު ލުޔެއް ލިބޭނެފަދަ ބްރިޖަކަށެވެ. 

ގުޅީފަޅުގައި އަޅާ ޕޯޓް، ތިލަފުއްޓަށް ބަދަލުކުރުމަށް އިދިކޮޅުން އަޑުގަދަކުރަމުން އަންނައިރު ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި ގުޅީފަޅުގައި ޕޯޓް އަޅަން ނިންމީ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެކުރާނެ ތަނެއް ކަމުންނެވެ. އެކަމަކު ތިލަފުއްޓަކީ ކުނި ވެސް ޖަމާކުރާ ރަށެއްކަމުން އެއީ ރައްކާތެރިކަމެއް ގޮތަށް ނުފެންނާތީ ކަމަށް ވިދާޅުވެ އެވެ. 

ވިލިމާލެއަށް ބާލާލިޔަސް ހަމަ އެގޮތެވެ. މި ރަށްތައް ގުޅާލި ނަމަވެސް ވިލިމާލެއަކީ ރައްކާތެރި ރަށެއްގެ ގޮތުގައި ދެމި އޮންނާނެ ރަށެކެވެ. އެންމެ ކުރީއްސުރެ ވެސް ތިމާވެއްޓާއި ރައްޓެހި ރަށެެއްގެ ގޮތުގައި ތަރައްގީކޮށްފައި އޮތް އެރަށް އެގޮތަށް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުންދެ އެވެ. 

ރައީސް ސޯލިހްގެ ވިސްނުންފުޅަކީ އާންމުންނަށް ލުއިވުމުގެ އިތުރުން އިގްތިސޯދީ ބޮޑު ޕްލޭނަކާއެކު އެ ހަތަރު ރަށް ގުޅާލުމެވެ. ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީކުރި ސިނަމާލޭ ބްރިޖުން ލިބުނު އިގްތިސޯދީ މަންފާއެއް ނެތެވެ. ޔޫތު ސިޓީގެ ގޮތުގައި ހުޅުމާލޭ ތަރައްގީކޮށް އެމަނިކުފާނުގެ ވެރިކަމުގައި ފޭސް ދޭއްގައި ފްލެޓްތަކެއް އެޅުން ނޫން ކަމެއްވެފައެއް ނެތެވެ. މި މަލަމަތި ބަލާލަން ކިތަންމެ ނަލަޔަސް ބޮޑު ހަރަދެއްކޮށްގެން އެޅި ބްރިޖަކުން ލިބުނު އިގްްތިސޯދީ މަންފާއެއް ނެތުމަކީ ކަންބޮޑުވާން ޖެހޭކަމެކެވެ. 

އެއާ ހިލާފަށް ރައީސް ސޯލިހްގެ ސަރުކާރުން އަމާޒު ހިފާފައި ހުރީ ރައްޔިތުންނަށް ލުއިތަކެއް ފޯރުކޮށްދީ، އެއާއެކު އިގްތިސޯދީ މަންފާއެއް ވެސް ނެރުމަށެވެ. މި ބްރިޖުގެ މަސައްކަތަށް އިންޑިއާ އިން 400 މިލިއަން ޑޮލަރުގެ އެހީ ދީފައިވާއިރު ކޮވިޑް-19 ގެ މިދަތި ހާލަތުގައި ވެސް އެ މަޝްރޫއު ހުއްޓާނުލާ ކުރިއަށް ގެންދަނީ އެކަމުން ލިބޭ ފައިދާތަކުގެ ބޮޑުކަމުންނެެވެ. މިބްރިޖަކީ ރައްޔިތުންނަށް ފަސޭހަކަން ގެނުވާ އަދި އިގްތިސާދު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނޭ އެއްޗެއްކަމާއި މެދު ޝައްކެއް ނެތެވެ. 

57%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް